ކޮވިޑާ ގުޅިގެން އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން، އިންޑިއާގައި ތިއްބަވާ އެހެން ގައުމުތަކުގެ ޑިޕްލޮމެޓުން އިންޑިއާ ދޫކޮށް ދިއުމަށް ނިންމައިފިއެވެ.

މިގޮތުން ގައުމުތަކުގެ އެމްބަސީތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އިންޑިއާ ދޫކޮށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ގައުމަށް އަނބުރާ ދިއުމަށް އެމްބަސީތަކުން ވަނީ އަންގާފައެވެ. އަދި މިފަދަ ނިންމުމެއް ނިންމާފައިވަނީ އިންޑިއާގެ ހާލަތު އިތުރަށް ގޯސްވަމުންދާތީކަމަށާއި، އިންޑިއާގެ ހާލަތު އަވަހަށް ރަނގަޅުވާނޭކަމަށް ލަފާ ނުކުރެވޭތީކަމަށް ގިނަ އެމްބަސީތަކުން ފާހަގަކޮށްފައިވެއެވެ.

އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއިއެކު ބަލިޖެހޭ މީހުން އިތުރުވެ، އަދި މިބަލީގައި ހާލުބޮޑުވާ މީހުން އިތުރުވުމާއިއެކު، ގިނަ ހޮސްޕިޓަލްތަކުން އެނދު ހުސްވެ، އޮކްސިޖަނަށް ވަނީ ޖެހިފައެވެ. މިއާއެކު ދުނިޔޭގެ އެކިގައުމުތަކުން ދަނީ އިންޑިއާއަށް އެހީގެ ގޮތުގައި އޮކްސިޖަނާއި އެހެނިހެން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

އިންޑިއާގައި ހުޅުވާފައިވާ އެހެން ގައުމުތަކުގެ އެމަބަސީތަކުން އިންޑިއާގެ ހާލަތު މޮނިޓަރ ކުރަމުންދާއިރު، މިއެމްބަސީތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންްނަށްވެސް ކޮވިޑް ޖެހިފައިވާކަމަށްވެއެވެ. މިގޮތުން އެމެރިކާގެ އެމްބަސީއިން އެކަނިވެސް 200 މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން