އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަނައުތު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކަންގަނާއަށް ކޮވިޑް ޖެހިފައިވާކަން އިންސްޓަގްރާމްގައި އިއުލާންކުރަމުން އޭނާ ބުނަނީ މިއީ އާދައިގެ ހުމެއް ކަމަށެވެ. އަދި ގިނަ ބަޔަކު މާބޮޑުކަމަކަށް ހަދައިގެން އުޅުމުން ބޮޑުވަރުވީކަމަށް ކަންގަނާ ބުނެފައިވެއެވެ. ކަންގަނާގެ އިސްޓަގްރާމްގެ މި މެސެޖާއިއެކު ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައި، މިބަލީގައި ތިން ލައްކަ މީހުން މަރުވިއިރުވެސް އާދައިގެ ހުން ރޯގާ އަކަަށްވާންވީ ސަބަބު ބުނެދިނުމަށް ގިނަބަޔަކު އެދިފައިވެއެވެ.

ނަމަވެސް، ކޮވިޑާ ބެހޭގޮތުން ދޮގުވާހަކަ ފަތުރާ ޕޯސްޓްތައް މީސްމީޑިޔާއިން ބްލޮކް ކުރާ ގަވާއިދުގެ ދަށުން، ކަންގަނާގެ އިންސްޓަގްރާމްގެ މި ޕޯސްޓުވެސް ވަނީ ޑިލީޓް ކުރެވިފައެވެ. މިއާއެކު ކަންގަނާ ވަނީ، ޓެރަރިސްމަށް ވާގިވެރިވާ ޕޯސްޓްތައް އެއްވެސް ހުރަހެއް ނެތި ހިއްސާކުރެވޭއިރު ކަންގަނާގެ ޕޯސްޓްތައް ޑިލީޓް ނުކުރެވޭނެ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

ސިޔާސީ ކަންކަމާއި ކޮވިޑާ ބެހޭގޮތުން މީސްމީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި އަޑު އުފުލަމުން ދާ ކަންގަނާގެ ޓްވިޓަރވެސް މިފަހަކުން ވަނީ ސަސްޕެންޑު ކޮށްފައެވެ. އޭނާގެ ޓްވިޓަރ ސަސްޕެންޑް ކުރީ އަނިޔާވެރިކަމަށް ބާރުއެޅުމާއި، ކޮވިޑާއި ބެހޭގޮތުން ދޮގުވާހަކަ ފެތުރުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން