ހަތަރު ވަނަ ބައި
(7) އަދި އިމާމު ދާރުޤުޠްނީ ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެ ކިބައިން ދެ ރިވާޔަތެއް ގެންނަަވާފައި ވެއެވެ. އެއިން ކޮންމެ ރިވާޔަތަކަށް ފަހު އެކަލޭގެފާނު މިފަދައިން ވިދާޅުވެފައި ވެއެވެ. "هَذَا اِسْنَادٌ صَحِيحٌ لَيْسَ فِى رُوَاتِهِ مَجْرُوحٌ" މާނައީ: މިއީ ޞައްޙަ ސަނަދެކެވެ. މީގައި އެއްވެސް ރާވީއަކާ ބެހޭގޮތުން ފާޑު ބަޔާން ކުރެވިފައެއް ނުވެއެވެ.
* ފުރަތަމަ ރިވާޔަތް! "أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَهَرَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" މާނައީ: ހަމަކަށަވަރުން رَسُولُ اللَّهِ ﷺ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާވިދާޅުވަނީ ބާރަށެވެ.
* ދެވަނަ ރިވާޔަތް! "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْتَتِحُ الصَّلاَةَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ"( ) މާނައީ: رَسُولُ اللَّهِ ﷺ ނަމާދުގައި ކިޔަވަން ފައްޓަވަނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިންނެވެ.
(8) އަނެއް ދަލީލަކީ މަދީނާގެ އިޖްމާޢުއެވެ. ނިކަން އިމާމް ޝާފިޢީ އެމައްޗަށް ބުރަވެ ވަޑައިގެންފައިވާ މަދީނާގެ އަހުލުވެރީންގެ އިޖުމާޢުން ބިސްމި ބާރަށް ކިޔެވުން ޘާބިތުކޮށްދޭ ރިވާޔަތަށް ބަލައިލަމާހިގާށެވެ. الإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة ވިދާޅުވެފައި ވެއެވެ. "أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا عَبْدُ الْمَجِيدِ بْنُ عَبْدِ الْعَزِيزِ عَنْ ابْنِ جُرَيْجٍ قَالَ أَخْبَرَنِي عَبْدُ اللَّهِ بْنُ عُثْمَانَ بْنِ خُثَيْمٍ أَنَّ أَبَا بَكْرِ بْنَ حَفْصِ بْنِ عُمَرَ أَخْبَرَهُ أَنَّ أَنَسَ بْنَ مَالِكٍ أَخْبَرَهُ قَالَ صَلَّى مُعَاوِيَةُ بِالْمَدِينَةِ صَلاَةً فَجَهَرَ فِيهَا بِالْقِرَاءَةِ فَقَرَأَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ لِأُمِّ الْقُرْآنِ وَلَمْ يَقْرَأْ بِهَا لِلسُّورَةِ الَّتِي بَعْدَهَا حَتَّى قَضَى تِلْكَ الْقِرَاءَةَ وَلَمْ يُكَبِّرْ حِينَ يَهْوِي حَتَّى قَضَى تِلْكَ الصَّلاَةَ فَلَمَّا سَلَّمَ نَادَاهُ مَنْ سَمِعَ ذَلِكَ مِنَ الْمُهَاجِرِينَ مِنْ كُلِّ مَكَانٍ يَا مُعَاوِيَةُ أَسَرَقْتَ الصَّلاَةَ أَمْ نَسِيتَ فَلَمَّا صَلَّى بَعْدَ ذَلِكَ قَرَأَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ لِلسُّورَةِ الَّتِي بَعْدَ أُمِّ الْقُرْآنِ وَكَبَّرَ حِينَ يَهْوِي سَاجِدًا" (ޔައުނީ: ހަމަކަށަވަރުން އަނަސް އިބްނި މާލިކު ވިދާޅުވިއެވެ. މަދީނާއަށް ވަޑައިގެން އަމީރު މުޢާވިޔާ މީސްތަކުންނާއިގެން އިމާމުވެ ޖަހުރިއްޔަ ނަމާދެއް ކުރެއްވިއެވެ. އޭގައި اَلْحَمْدُ ގެކުރީގައި بِسْمِ ވިދާޅުވެފައި އެއިގެ ފަހުސޫރަތް ފެށޭތާގައި بِسْمِ ވިދާޅުނުވެ އެގޮތުގެމަތީ މުޅިކިޔެވުން ނިންމެވިއެވެ. ހަމައެހެންމެ ރުކުންތަކަށް ނަގުލުވެ ވަޑައިގަތުމުގައި اَللَّهُ أَكْبَرُ ވެސް ބާރަށް ވިދާޅު ނުވެތެވެ. މިގޮތުގެ މަތީގައި ނަމާދު ކުރައްވައި ސަލާމް ދެއްވުމުން ޙާޟިރުވެ ތިއްބެވި ބެއިކަލުން އެކިފަރާތްތަކުން ގޮވާލެއްވިއެވެ. އޭމުޢާވިޔާއެވެ! ނަމާދަށް އުނިކަމެއް ގެނެވުނީތޯއެވެ؟ ނުވަތަ އޭގައި ކަލޭގެފާނުން ހަނދުމަފުޅު ނެތުނީތޯއެވެ؟ ދެން އޭގެފަހުން މުޢާވިޔާ ނަމާދުކުރެއްވީ اَلْحَمْدُ ގެފަހުގައްޔާއި ސޫރަތްފެށޭތާގައި بِسْمِ ބާރަށް ވިދާޅުވެގެންނެވެ. އަދި ރުކުންތަކަށް ނަގުލުވާ ހިނދުގައި ތަކްބީރު ވެސް ބާރަށް ވިދާޅުވިއެވެ.)
މިރިވާޔަތާމެދު ދަންނަބޭކަލުން ވިދާޅުވެފައިވަނީ:
(ހ) އަލްއިމާމު އައްދާރުޤުޠްނީ އެކަލޭގެފާނުންގެ ފޮތް "ސުނަނު" ގައި ވިދާޅުވެފައި ވެއެވެ. "رُوَاتُهُ كُلُّهُمْ ثِقَاتٌ" (އެބަހީ މިޙަދީޘުގެ ސަނަދުގައި ތިއްބެވި އެންމެހައި ރާވީންނަކީ އިތުބާރުހިފޭ، ޘިޤާ ރާވީންނެވެ.)
(ށ) އަލްއިމާމުޙާކިމު އެކަލޭގެފާނުންގެ "މުސްތަދްރިކް" ގައި ވިދާޅުވެފައި ވެއެވެ. "هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ مُسْلِمٍ وَقَدْ احْتُجَّ بِعَبْدِ الْمَجِيدِ وَسَائِرِ رُوَاتِهِ مُتَّفَقٌ عَلَى عَدَالَتِهِمْ" (ޔަޢުނީ: މިޙަދީޘުގެ ރާވީންނަކީ، އިމާމު ޢަބްދުލް މަޖީދާއި އެނޫން އެންމެހައި ރާވީންނަށް ދާނދެން ޙުއްޖަތެއްގެ ގޮތުގައި ބެލެވޭ، އެބޭކަލުންގެ ޢަދުލުވެރިކަމުގެ މައްޗަށް ޢިލްމުވެރިން އިތުބާރު ކުރަށްވާ، އަދި މުސްލިމުގެ ޝަރުޠުތައް ހަމަވާ ބޭކަލުންނެވެ.)
(10) ދަންނަވަންތޯއެވެ! މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ އަރިހުން ބިސްމިއާ ބެހޭގޮތުން އައިސްފައި ހުރި ރިވާޔަތްތަކަށް ބަލާއިރު އައިސްފައިވަނީ ވަރަށް ތަފާތުކަންބޮޑު ގޮތަކަށެވެ.
އަނަސްގެފާނުންގެކިބައިން އިމާމު ބުޚާރީ އާއި މުސްލިމު އެދެބޭކަލުންގެ ދެފޮތުގައި މިފަދައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. " إِنِّى رَأَيْتُ لَآلُو أَنْ أُصَلِّى بِكُمْ كَمَا رَأَيْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّى بِنَا" މާނައީ: އަހުރެން ތިޔަބައި މީހުންނާއިގެން އިސްވެ ނަމާދު ކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތް ކުރާނީ رَسُولُ اللَّهِ ﷺ އަހުރެމެންނާއިގެން އިސްވެ ނަމާދު ކުރެއްވިހިނދު އަހުރެން ދުށްގޮތަށެވެ.
(ހ) އިމާމު ދާރު ޤުޠްނީ މިރިވާޔަތް ބަޔާންކުރެއްވުމަށް ފަހު އެއާ ގުޅިގެން އަންނަނިވި ރިވާޔަތް ރިވާކުރަށްވާފައިވެއެވެ. އެރިވާޔަތް ގެންނަވާފައިވަނީ އެކަލޭގެފާނުގެ ފޮތް މުސްނަދުގައްޔާއި ސުނަނުގައެވެ. އެ ރިވާޔަތުގެ ސަނަދު އޮންނަނީ މިފަދައިންނެވެ. عنْ مُعْتَمَرُ بْنُ سُلَيْمَانَ عَنْ أَبِيهِ عَنْ أَنَسٍ قَالَ: ( މުޢުތަމަރުގެ ކިބައިން ސުލައިމާނުގެ ކިބައިން އަނަސްގެ ކިބައިން ރިވާވެގެން ވެއެވެ. "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِالقِرَاءَةِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" (ޔަޢުނީ: رَسُولُ اللَّهِ ﷺ ޤިރާއަތުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ހަރުއަޑުން ކިޔަވާ ވިދާޅުވަތެވެ.)
(ށ) އަދި އިމާމު ޙާކިމު މާތް ﷲ ރަޙްމަތްލެއްވި ޝަރީކު އިބްނު ޢަބްދު ﷲގެ ކިބައިން، އެކަލޭގެފާނު އަނަސްގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "سَمِعْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (ޔަޢުނީ: رَسُولُ اللَّهِ ﷺ ބާރަށް بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާ ވިދާޅުވާއަޑު ތިމަންކަލޭގެފާނު އައްސަވަމެވެ.)
ދަންނަވަންތޯއެވެ؟ މިއެންމެހައި ރިވާޔަތްތަކަކީ މިއާމެދު އެއްވެސް ޢިލްމުވެރިއަކު ޖަރަޙަ ކުރައްވާފައިނުވާ ޞައްޙަ ރިވާޔަތްތަކެވެ. އެހެންކަމުން އިމާމު އަބޫ މުޙައްމަދު އަލްމަޤްދަސީ ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމަށާއި އަދި ބާރަށް ކިޔަވަން އޮންނަ ތަންތާގައި ކިޔަވަންޖެހޭނީ ބާރަށް ކަމުގައި ބުރަވެ ވަޑައިގަންނަވަމުން މިފަދައިން ލިއުއްވާފައިވެއެވެ. "قَدْ حَصَلَ لَنَا وَالْحَمْدُ لِلَّهِ عِدَّةَ أَحَادِيثَ جِيَادٍ فِى الْجَهْرِ" (ޔައުނީ: ﷲއަށް ޙަމްދުކުރަމެވެ. އެއިލާހުގެ ރަޙްމަތްފުޅުން އަހަރުމެންނަށް މިވަނީ بِسْمِ ބާރަށް ކިއުމާ ބެހޭގޮތުން ޖައްޔިދު ދަރަޖައިގެ ޞައްޙަ އެތަކެއް ރިވާޔަތެއް ލިބިފައެވެ.) އޭގެފަހުން އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އިމާމު އިބްނުލްޖައުޒީ އަނަސްގެފާނުންގެ ކިބައިން ބާރަށްބިސްމި ކިއުމާމެދު އައިސްފައިހުރި ބައެއް ރިވާޔަތް ޟަޢީފު ކަމަށް ވިދާޅުވި ކަމުގައި ވިއަސް އެކަލޭގެފާނު ޟަޢީފު ކުރެއްވި އެއްވެސް ރިވާޔަތެއް ތިމަންމެން މިތާކު ބަޔާނެއް ނުކުރަމެވެ. އަދި އަނަސްގެފާނުންގެ ކިބައިންވެސް ގެނެސްފައި މިވަނީ ބާރަށް ކިއުމާމެދު އައިސްފައިހުރި ޞައްޙަ ރިވާޔަތްތަކެވެ. އަދި މިިތާގައި އަހަރެމެން ގެނައި ރިވާޔަތައްތަކުގެ ތެރެއިން އިބްނުލްޖައުޒީ ދެކޮޅު ހައްދަވާފައިވަނީ ހަމައެކަނި ޝަރީކުގެ ރިވާޔަތަށެވެ. އެއާމެދު އަހަރެމެން ބުނާނީ ޝަރީކަކީ އިމާމު ބުޚާރީއާއި މުސްލިމު އެދެބޭކަލުންގެ ޞަޙީޙު ފޮތުގައި އެއްބަސްވެ، ގެންނަވާފައިވާ ރާވީއެކެވެ. އެހެންކަމުން މިތާގައި އިބްނުލްޖައުޒީގެ އިޢުތިރާޟުގައިވެސް މާބޮޑު ބުރަދަނެއް އޮތްކަމަކަށް އަހަރެމެން ނުދެކެމެވެ. އަދި އިބްނުލްޖައުޒީގެ ބަސްފުޅު ޤަބޫލުކޮށް އަނަސްގެފާނުންގެ ބިސްމިއާބެހޭ ރިވާޔަތް އަހަރެމެން ދޫކޮށްލި ކަމުގައިވިއަސް އަހަރެމެން މިވަނީ ބާރަށް ބިސްމި ކިޔެވުމާމެދު އެނޫން އެތަކެއް ޞައްޙަ ރިވާޔަތްތަކެއް ދަލީލުގެ ގޮތުގައި ގެނެސްފައެވެ.
(11) ދަންނާށެވެ! އިސްވެ ބަޔާންވެދިޔަ ރިވާޔަތްތަކުގެ އިތުރުން، އަޞްޙާބު ބޭކަލުންގެ ތެރެއިން މާތް ﷲ ރުއްސުންލެއްވި عَلِيُّ بْنُ أَبِى طَالِب އާއި سُمْرَةُ بْنُ جُنْدُب ގެ ކިބައިން ވެސް بِسْمِ ބާރަށް ކިއުމާއި ބެހޭގޮތުން ޞައްޙަ ރިވާޔަތްތައް އައިސްފައި ވެއެވެ.
ބަޔާންވެދިޔަހައި ރިވާޔަތްތަކުން بِسْمِ އަކީ اَلْحَمْدُގެ އާޔަތެއް ކަމާއި ބާރަށް ކިޔަވާ ނަމާދުގައި އެއާޔަތް ކިޔަވަންވަނީ ބާރަށްކަން ވަރަށް ޞަރީޙަކޮށް ވަނީ އެނގި ބަޔާންވެގެންނެވެ.
ނުނިމޭ...

ކިޔުންތެރިންގެ ހިޔާލު