ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޔުނިކާއި ބްރޭންޑްގެ ހިކި ކިރާއި ދިޔާކިރު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަޝްހޫރު މި ބްރޭންޑްގެ ކިރު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ އާގަލާ އެފްއެންޑްބީންނެވެ. އެތަނުން ވިއްކާ މި ކިރަކީ ހަށިގަނޑަށް ފައިދާހުރި، ހަކަތަ ލިއްބައިދޭނެ ކޮންމެ އުމުރަކާއިވެސް ގުޅޭ ކިރެކެވެ. އަދި މިއީ އަގުގެ ގޮތުން މިހާރު ރާއްޖޭގެ ބާޒާރުން ލިބެން ހުރި އެންމެ އަގުހެޔޮ، އެންމެ ރަހަމީރު، ހުރިހާ އުމުރުފުރައާއަކަށްވެސް ކަމުދާ މޮޅު ކިރެކެވެ.

އާގަލާ އެފްއެންޑްބީން މީގެ ކުރިން ވަނީ ޔުނިކާއި ބްރޭންޑްގެ އިތުރު އުފެއްދުންތައް ރާއްޖެއަށް ގެނަސް ވިއްކަން ފަށާފައެވެ. ޔުނިކާއީ ބްރޭންޑަކީ ދުބާއީގެ އުފެއްދުމެކެވެ. މިއީ މިހާރު ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގްބޫލު ބްރޭންޑެކެވެ. ގިނަ ބަޔަކު އިތުބާރު ކުރާ ބްރޭންޑެކެވެ.

ޔުނިކާއީގެ ޕްރޮޑަކްޓްތަކުގެ ތެރެއިން މިހާރު ރާއްޖެއިން ލިބެން ހުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި ދިޔާކިރު، ހިކި ކިރު، ޖޫސް އަދި އައިސްކްރީމް ހިމެނެއެވެ. މިއިން ކޮންމެ ބާވަތަކީވެސް ވަރަށް ފެންވަރު ރަނގަޅު އަދި ވަރަށް ރަހަ މީރު ބާވަތްތަކެކެވެ. މި ޕްރޮޑަކްޓަތައް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންދަނީ އާގަލާ އެފްއެންބީންނެވެ.

އާގަލާ އެފްއެންޑްބީން މައުލޫމާތުދޭގޮތުގައި، އެތަނުން ވިއްކާ ޔުނިކާ ބްރޭންޑްގެ ހިކި ކިރުގެ 2.25 ކޭޖީގެ ރީޓެއިލް އަގަކީ 275 ރުފިޔާ އެވެ. އަދި 900 ގްރާމްގެ ހިކި ކިރު ޕެކެޓެއްގެ އަގަކީ 115 ރުފިޔާ އެވެ.

މި ބްރޭންޑްގެ ކިރު ޕެކެޓުގެ ދެ ސައިޒަކާއި ފަސް ވައްތަރެއް އާގަލާ އެފްއެންޑްބީން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދެއެވެ. އޭގެތެރޭގައި ބަނާނާ، ޗޮކްލެޓް އަދި ސްޓްރޯބެރީ ބްރޭންޑްގެ 180 އެމްއެލްގެ ޕެކެޓާއި، 1 ލީޓަރުގެ ފުލްކްރީމް ޕެކެޓާއި، ލޯފެޓް ކިރު ޕެކެޓް ހިމެނެއެވެ.

އާގާލާ އެފްއެންޑްބީން އިންޑޮނޭޝިއާގެ ބްރޭންޑެއް ކަމަށްވާ ހަޓަރީ ބްރޭންޑްގެ ތަކެތިވެސް ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ބިސްކޯދާއި، ވެފާ ރޭންޖްގެ ޕްރޮޑަކްޓްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން