ހައްދު ފަހަނައަޅާފައިވާ އިޒުރޭލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ މަސްޖިދުލް އަޤުޞާ މިސްކިތުގައި ހުޅު ޖަހައި މުސްހަފުތައް އަންދާލިއިރު ނާދައި އޮތް އާޔަތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އިސްރާއީލުގެ ޔަހޫދީ އަނިޔާވެރި ސިފައިން މަސްޖިދުލް އަޤުޞާ މިސްކިތުގައި ހުޅުޖަހައި އަންދާލުމާއި ގުޅިގެން މިސްކިތުގެ އެކި ތަންތަނުގައި ހުރި ބައެއް ތަކެތި ވަނީ އަނދާ އަޅިއަށްވެފައެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ، ގިނަ ބަޔަކު ހައިރާންކޮށްލީ ފޮޓޯއިން އެ ފެންނަ މުސްހަފުގެ ޞަފްޙާއެއްގައި ނުއަަނދައި އޮތް ބައިގައި ވާ އާޔަތް ނާދައި އޮތުމުންނެވެ. ވަރަށް ބޮޑަށް އަނދާފައިވާ މި މުސްހަފުގެ އެ ޞަފްޙާާއިން ފެންނަން އޮތީ މުސްލިމުންނަށް މާތް ﷲ ނަސްރު ދެއްވާނެ ކަމުގެ ހެޔޮ ޚަބަރެވެ. އެއީ ބަގަރާ ސޫރަތުގެ 214 ވަނަ އާޔަތެވެ.

އެ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވާ ބަސްފުޅުގައި ވަނީ މިފަދައިންނެވެ. 

"ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ހާލަތް ތިޔަބައިމީހުންނާ ހަމައަށް އަދި ނައިސްވަނިކޮށް ތިޔަބައިމީހުން ސުވަރުގެ ވަންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވެއްޖެ މީސްތަކުންނަށް ބުނެވިއްޖެއުމަށް ދާންދެނެވެ. ﷲގެ ނަސްރު ދެން އަންނާނީ ކޮން އިރަކުން ބާއެވެ. ދަންނާށެވެ! ހަމަކަށަރަވަރުން ﷲގެ ނަސްރު ވަނީ ދާދި ގާތުގައެވެ."

މިރަމަޟާން މަހު ފަލަސްޠީނާ އިސްރާއީލާ ދެމެދު އަނެއްކާ ވެސް ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެ މަޝްރަހު ހޫނުވެފައެވެ. އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 205 މީހުން ވަނީ ޒަޚަމްވެފައެވެެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން މަސްޖިދުލް އަޤުޞާގެ ހަރިންމަ ތެރޭގައި ހިންގަމުންދާ ލާއިންސާނީ، ހައްދުފަހަނައަޅާފައިވާ އަމަލުތައް އިތުރުވެ، ޣައްޒާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކާއި މިސައިލް ހަމަލާތައް ވަނީ ދޭން ފަށާފައެވެ.

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ 22 މީހަކު ޝަހީދުވެފައެވެ. އޭގެތެރޭގައި ނުވަ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ރައްދުގައި ހަމާސް ޖަމާއަތުން ވެސް ވަނީ އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފައެވެ. އެހަމަލާތަކުގައި އިޒްރޭލްގެ ސިފައިންނާއި ބައެއް އާންމުން ވަނީ ޒަޚަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން