އިޒްރޭލުން ގާޒާގެ ސަރަހައްދަށް އިއްޔެ ދިން ވައިގެ ހަމަލާ ތަކުގައި 21 މީހަކު މަރުވެއްޖެކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން، އިޒްރޭލުގެ ވައިގެ ހަމަލާތައް ގާޒާއަށް ދީފައިވަނީ ހަމާސްއިން އިޒްރޭލުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވި ރޮކެޓުހަމަލާތަކަށް ފަހުގައެވެ. މިގޮތުން އިޒްރޭލުން ގާޒާގެ ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި ކުޑަކުދިންނާއިއެކު މިހާތަނަށް 21 މީހަކު ވަނީ މަރުވެފައެވެ.
ހަމާސް އިން އިޒްރޭލަށް ރޮކެޓު ހަމަލާ ދީފައިވަނީ މަސްޖިދުލް އަޤްޞާގައި އިޒްރޭލުގެ ސިފައިން ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލި ގޮވާލުމަށް އިޖާބަ ނުދިނުމުންނެވެ.
ހާލަތު ގޯސްވެގެން ދިޔައީ މިދިޔަ ހޯމަދުވަހު މަސްޖިދުލް އަޤްޞާ ސަރަހައްދަށް އިޒްރޭލުގެ ސިފައިން ވަދެ ހިންގި ހަމަނުޖެހުން ތަކާއެކުއެވެ. މިހަމަނުޖެހުން ތަކުގައި 300 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޒަހަމްކޮށްލާފައެވެ. އިޒްރޭލުގެ ސިފައިން މަސްޖިދުލް އަޤްޞާ އަށް ވަދެ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދީފައިވަނީ ރަބަރު އުންޑައާއި، ސްޓަން ގްރެނޭޑް އަދި ޓިއަރ ގޭސް ބޭނުންކޮށްގެންނެވެ. މި ހަމަލާ ދިން ވަގުތު ގިނަ ބަޔަކު މިސްކިތުގައި ނަމާދަށް ތިބިކަމަށްވެއެވެ. މިހަމަލާތަކާއެކު، އެހީތެރިވުމަށް ހަރަކާތްތެރިވި ސިއްހީ އެހީތެރިންނާއި ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުންނަށްވެސް އިޒްރޭލު ސިފައިން ހަމަލާތައް ދީފައިވާކަމަށްވެއެވެ.
މަސްޖިދުލް އަޤްޞާ ސަރަހައްދަށް އިޒްރޭލުގެ ސިފައިން ވަދެ ދިން ހަމަލާތަކުގެ އިތުރުން އަނިޔާވެރިކަމާއިއެކު ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކުރަމުންދާ މަންޒަރުތައް މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިޔޯ ތަކުން ފެނިގެންދެއެވެ.
މިހާދިސާއާއި ގުޅިގެން އދ ގެ ސެކުރިޓީ ކައުންސިލުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި ދުނިޔޭގެ އެތައްގައުމަކުން ވަނީ މިހަމަނުޖެހުންތައް ހުއްޓުވުމަށް ގޮވާލާފައެވެެ.

ކިޔުންތެރިންގެ ހިޔާލު