އިންޑިއާގެ ޓްރިޕްލް މިއުޓަންޓް ކޮވިޑް ވޭރިއަންޓަކީ ދުނިޔޭގެ ސިއްހީ ނިޒާމަށް ހުރި ބިރެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
މިގޮތުން އިންޑިއާގައި ފެތުރެމުންދާ ކޮވިޑް ވޭރިއަންޓްގެ ނުރައްކާތެރިކަމާމެދު ޑަބްލިއުއެޗްއޯއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ހާއްސަގޮތެއްގައި މިވޭރިއަންޓަކީ ކޮވިޑް ވައިރަހުގެ ތިން ސްޓްރެއިންއަކުން އުފެދިފައިވާ ޓްރިޕްލް މިއުޓަންޓް ވޭރިއަންޓެއްކަމަށް ވުމުން ވައިރަސް ފެތުރުން އަވަސްވުމާއިއެކު ނުރައްކާވެސް އިތުރެވެ.
މިކަމާ ބެހޭގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކާއި ހަވާލާދީ އިންޑިއާގެ ކޮވިޑް ވޭރިއަންޓް 1.617 - B، އޮރިޖިނަލް ވައިރަހަށް ވުރެ އަވަހަށް ފެތުރެމުންދާކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ހާމަކޮށްފައެވެ. އަދި މިވޭރިއަންޓް ކޮވިޑް ވެކްސިންތަކަށް ނުގުޑާފާނެކަމުގެ ހެކިތަކެއް ލިބިފައިވާކަމަށްވެސް ޑަބްލިއުއެޗްއޯ އިން ވަނީ ހާމަކޮށްފައެވެ.
"މިފަދަ ސަބަބުތަކަށްޓަކައި މިހާރު މިވަނީ މިވޭރިއަންޓަކީ މުޅި ދުނިޔެ އަށް ހުރި ކަންބޮޑުވުމެއްގެ ގޮތުގައި ކަނޑައަޅާފަ. ނަމަވެސް އަދިވެސް މިވޭރިއަންޓާ މެދު ގިނަ ދިރާސާތަކެއް ކޮށް މައުލޫމާތު ހޯދަން އެބަޖެހޭ." ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ޓެކްނިކަލް ޓީމުގެ ފަރާތުން، މާރިޔާ ވޭން ޚާކޮވް ވިދާޅުވިއެވެ.
އަދި މިފަދަ ދިރާސާތަކުން ލިބޭ މައުލޫމާތުތައް ހިއްސާކުރަމުންދާނެކަމުގެ ޔަގީންކަން ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ޓެކްނިކަލް ޓީމުގެ ފަރާތުން ވަނީ އަރުވާފައެވެ.
އިންޑިއާގެ ކޮވިޑް ވޭރިއަންޓްގެ އިތުރުން، ޑަބްލިއުއެޗްއޯ އިން ވަނީ، އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑުގެ ވޭރިއަންޓާއި، ދެކުނު އެފްރިކާ އަދި ބްރެޒިލް އިން ފެނިފައިފާ ކޮވިޑުގެ ވޭރިއަންޓްތަކަކީ ނުރައްކާތެރި ވޭރިއަންޓްތަކެއްގެ ގޮތުގައި ކަނޑައަޅައި، މުޅި ދުނިޔެއަށް ހުރި ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
މީގެއިތުރުން މިހާރުވެސް ކޮވިޑުގެ 10 ވޭރިއަންޓެއްގެ ދިރާސާ ކުރެވެމުންދާކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު