ސައްވާލު މަހުގެ ހަނދު މިރޭ ސަޢުދީ ޢަރަބިއްޔާއަށް ނުފެންނަ ކަމަށް ކަނޑައަޅައި މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ސައުދީ ސަރުކާރުން އިޢުލާން ކޮށްފިއެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ މިރޭ އެގައުމަށް ސައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިއަހަރުގެ ބަރަކާތްތެރި ފިތުރުޢީދު ދުވަހަކީ މިހިނގާ މޭމަހުގެ 13 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.

ދިވެހިރާއްޖެއަށް ވެސް ސައްވާލު މަހުގެ ހަނދު ނުފެނިއްޖެ ނަމަ ނޫނީ ނުފެންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާނަމަ ދެން އާންމު ގޮތެއްގައި ސައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ބުރަވަނީ ސަޢުދީ ޢަރަބިއްޔާއިން ނިންމާ ނިންމުމެއްގެ މައްޗަށެވެ.

ފަލަކީ ޢިލްމުގައި ރާއްޖޭގެ އެންމެ ފުންނާބުއުސް އުސްތާޒު، ރައީސް މައުމޫން އަބްދުލް ޤައްޔޫމްވެސް މިއަދު ވިދާޅުވެފައިވަނީ ރާއްޖެއަށް އިރުއޮއްސުމުގެ 14 މިނެޓް ކުރިން ހަނދު އޮއްސޭނެތީ ސައްވާލު މަހުގެ ހަނދު ރާއްޖެއަށް މިއަދު ނުފެންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން