ނުރައްކާތެރިކަން ބޮޑު ވޭރިއަންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިންޑިއާގެ ކޮވިޑް ވޭރިއަންޓް މިހާރު 44 ގައުމަކުން ފެނިއްޖެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އިންޑިއާގެ ކޮވިޑް ވޭރިއަންޓް ބީ 1.617 އަކީ ކޮވިޑް ޓްރިޕްލް މިއުޓަންޓް ވޭރިއަންޓެކެވެ. މިޓްރިޕްލް މިއުޓަންޓް ވޭރިއަންޓް އުފެދިފައިވަނީ ކޮވިޑް ވައިރަހުގެ ތިން ސްޓްރެއިންއަކުން ކަމަށް ވުމުން ވައިރަސް ފެތުރޭ މިންވަރު ހަލުއިވުމާއެކު އޭގެ ނުރައްކާވެސް އިތުރުވެގެންދެއެވެ. މިވޭރިއަންޓް ފުރަތަމަ ފެނިފައިވަނީ މިދިޔަ އޮކްޓޯބަރުމަހު އިންޑިއާއިންނެވެ. އަދި މިހާރު މިވޭރިއަންޓް 44 ގައުމަކުން ފެނިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، އިންޑިއާގެ ކޮވިޑް ވޭރިއަންޓާމެދު ކުރެވުނު ދިރާސާތަކަށްފަހު އިންޑިއާގެ ޓްރިޕްލް މިއުޓަންޓް ކޮވިޑް ވޭރިއަންޓް ފެތުރޭލެއް އަވަސްކަމާއިއެކު މިވޭރިއަންޓަކީ ދުނިޔޭގެ ސިއްހީ ނިޒާމަށް ހުރި ބިރެއް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅައިފައެވެ. މިވޭރިއަންޓާ ބެހޭގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކާއި ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، އޮރިޖިނަލް ވައިރަހަށް ވުރެ އަވަހަށް މިވޭރިއަންޓް ފެތުރެމުންދާކަމަށެވެ. އަދި މިވޭރިއަންޓް ކޮވިޑް ވެކްސިންތަކަށް ނުގުޑަފާނެކަމުގެ ހެކިތަކެއް ލިބިފައިވާކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގައި ކޮވިޑް ޖެހޭ މީހުން އިތުރުވުމާއި، މިބަލީގައި ހާލުބޮޑުވެ އެޑްމިޓްކުރަންޖެހޭ ފަރާތްތައް ގިނަވެގެންގޮސްފައިވަނީވެސް މިއާވޭރިއަންޓުގެ ސަބަބުންކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ. ދުނިޔޭގެ އެންމެ އާބާދީބޮޑު ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭއިރު، އިންޑިއާގައި މިހާތަނަށް 23.7 މިލިއަނަށް ވުރެއް ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން