ޗައިނާއިން މާސްއަށް ދަތުރު ކުރި ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު މާސްއަށް ޖައްސައިފިއެވެ.
މިއީ ޗައިނާއަށް ތާރީހީ ކާމިޔާބީއަކަށް ވާއިރު، މާސްއަށް ޖައްވީ އުޅަނދެއް ޖެއްސި ދެވަނަ ގައުމަކަށްވެސް ޗައިނާ ވެގެންދާނެއެވެ. ޗައިނާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެގައުމުގެ ޖައްވީ އުޅަނދު މާސް އަށް ޖައްސާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ބަރުދަނުގައި 240 ކިލޯހުންނަ މިޖައްވީ އުޅަނދު މާސްއަށް ޖައްސާފައިވަނީ އެކި ދިރާސާތައް ކުރުމަށް ބޭނުންވާނެ ސައިންޓިފިކް އާލާތްތަކާއެކުއެވެ. މިޖައްވީ އުޅަނދުން މައިގަނޑުގޮތެއްގައި ދިރާސާ ކުރަމުންދާނީ މީގެކުރިންވެސް އެއްވެސް އިރެއްގައި މާސްގައި އެއްވެސް ދިރުމެއްވޭތޯ ބެލުމަށެވެ. އަދި މިދިރާސާތައް ކުރުމަށް މާސްގައި އަހަރުދުވަސް ހޭދަވެދާނެކަމަށް ޗައިނާއިން ވަނީ ލަފާކޮށްފައެވެ.
މީގެކުރިން ޖައްވީ އުޅަނދެއް ކާމިޔާބުކަމާއެކު މާސް އަށް ފޮނުވާފައިވަނީ އެމެރިކާގެ ނާސާއިންނެވެ. ޕާސަވެރަންސްރޯވާގެ ނަމުންނަންދެވިފައިވާ މި ޖައްވީ އުޅަނދު މާސްއަށް ޖައްސާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.

ކިޔުންތެރިންގެ ހިޔާލު