ބޮލީވުޑްގެ މެދުއުޑުގައި ފަނޑުވުމެއް ނެތި އަދިވެސް ފިޔަޖަހަމުންދާ ސަލްމާން ޚާން ލީޑްރޯލުން ފެނިގެންދާ ހިންދީ ފިލްމު ރާދޭގެ ފުރަތަމަ ދުވަހުވެސް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
ހިންދީ ފިލްމު "ރާދޭ- ޔޯ މޯސްޓް ވޯންޓަޑް ބައި" ރިލީސްކޮށްފައިވަނީ ފިތުރު ޢީދު ދުވަހުއެވެ. އިންޑިއާގެ ކޮވިޑުގެ ހާލަތާއެކު މިފިލްމު ރިލީޒް ކޮށްފައިވަނީ ހަމައެކަނި އޮންލައިން ޕްލެޓްފޯމްތަކުންނެވެ.
މިފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު އެކަނިވެސް 4.2 މިލިއަން މީހުން މިފިލްމު ބަލާފައިވާކަމަށްވެއެވެ. މިއާއެކު މިފިލްމަށް ވަނީ އެއްދުވަހު އެންމެ ގިނަމީހުން ބެލި ފިލްމުގެ ލަގަބުވެސްލިބިފައެވެ. އަދި މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައިވެސް އެންމެ ކާމިޔާބުވި އެއްފިލްމަށް ރާދޭ ވަނީ ވެގެންގޮސްފައެވެ.
ޒީ ސްޓޫޑިއޯސް އާއެކު ސަލްމާން ޚާން ޕްރޮޑިއުސްކޮށް ލީޑް ރޯލުން ފެނިގެންދާ މިފިލްމުން ދީޝާ ޕަޓާނީ، ރަންދީޕް ހޫދާ އަދި ޖެކީ ޝްރޮފްވެސް އެކި ރޯލުތަކުން ފެނިގެންދެއެވެ.
މި ފިލްމު ރިލީޒް ކުރުމުގެ ކުރިންވެސް އެތައްބަޔަކުގެ ސަމާލުކަން ލިބި އެތައް ބަޔަކު އިންތިޒާރު ކުރި މިފިލްމުން ލިބޭ އާމްދަނީގެ ބޮޑުބައެއް އިންޑިއާގައި ކޮވިޑާ ހަނގުރާމަަކުރުމަށް އެހީވުމަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށްވެސް މިފިލްމުގެ ލީޑް އެކްޓަރ ސަލްމާން ޚާން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު