އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް މެނދުނުކެނޑި ދެވަނަ ހަފްތާއަކާ ކުރިމަތިލާފައިވާއިރު، ފަލަސްތީނަށް ދެމުންދާ ހަމަލާތައް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
މިދިޔަ ރޯދަމަހުގެ ފަހު ދިހައެއްގައި ފަލަސްތީނާ ދެކޮޅަށް ވައިގެ ހަމަލާތައް ފެށި އިޒްރޭލުން މިހާރު ވަނީ މިހަމަލާތައް ވަރުގަދަކޮށް އާންމުން ދިރިއުޅޭ ބައިބޯ ސަރަހައްދުތަކާއި އުސް އިމާރާތްތަކަށް ހަމަލާތައް އަމާޒު ކުރަން ފަށާފައެވެ. އަދި މިދިޔަ އާއްދީތަ ދުވަހު ފަލަސްތީނުގެ ގާޒާގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ވަނީ ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީ 42 މީހަކު ޝަހީދުކޮށްލާފައެވެ. މިބޮމުގެ ހަމަލާތައް ވެގެން ދިޔައީ ގިނަ ވަގުތުތަކަކަށް ދެމިގެން ދިޔަ އަދި އެންމެ ބޮޑު ސަރަހައްދަކަށް ދެވުނު، އެންމެ ބާރުގަދަ ހަމަލާތަކަށެވެ.
މިދިޔަ ހޯމަދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާ ތަކުގައި ހަފްތާއެއްހާ ދުވަސްވީއިރު، މިހަމަލާތަކުގައި ފަލަސްތީނުގެ 192 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި މަޢުސޫމް 58 ކުޑަކުދިންނާއި 34 އަންހެނަކު ހިމެނެއެވެ. މިހަމަލާތަކުގައި އެތައް އާއިލާތަކެއް އެކީގައި ޝަހީދުކޮށްލައި މައިންބަފައިން ޝަހީދު ކޮށްލައި އެތައް ތުއްތުކުދިންނެއް ވަނީ ޔަތީމު ވެފައެވެ. އަދި ފަރުވާދޭ ހޮސްޕިޓާތައް ފުރި ބޭހާއި ލެއަށް ޖެހިފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ އިދާރާތަކުންނާއި މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.
މިހަމަލާތައް ކުށްވެރިކޮށް ހުއްޓުވުމަށް ގޮވާލާ އެތައްގައުމަކުން އަޑުއުފުލަމުންދާއިރު، މިހަމަލާތަކާމެދު މަޝްވަރާކުރުމަށް މިދިޔަ އާއްދީތަ ދުވަހު ބޭއްވި އަލިފުދާލުގެ ސެކިއުރިޓީ ކައުންސިލުން އެއްވެސް ނިންމުމެއް ނިންމިފައެއް ނުވެއެވެ. އަދި މިހަމަލާތައް ކުށްވެރިކުރަން ގޮވާލުމަށްވެސް އެއްބަހެއް ނުވެވުނެވެ.

ކިޔުންތެރިންގެ ހިޔާލު