އިންޑިއާގައި ފަލަސްތީނާއެކު ތިބިކަމަށް ޝުޢޫރުފާޅު ކުރި އެގައުމުގެ 20 މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ކަޝްމީރުގެ ސަރަހައްދުން ހައްޔަރު ކުރި މިމީހުންގެ ތެރޭގައި ފަލަސްތީނުގެ ސުލްޙައަށް ދުޢާކޮށްދިން ދީންވެރި ޖަމާއަތެއްގެ އިސްވެރިޔަކާއި، ފަލަސްތީނާއެކު ތިބިކަމަށް ޝުޢޫރުފާޅުކޮށް ކުރެހި އާޓިސްޓަކުވެސް ހިމެނެއެވެ.

ކުރެހުންތެރިޔާ ހައްޔަރު ކުރުމުން އޭނާގެ އާއިލާއިން ވަނީ އޭނާގެ ކުށަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުން، ކުރެހުން މަނާކުރީތޯވެސް ބުނެ ސުވާލު އުފައްދާފައިވެއެވެ.

"މުޅި ދުނިޔެ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރަމުންދާއިރު އަހަރުމެންނަަކަށް މިކަމާ ދެކޮޅަށް އެއްޗެކޭ ބުނެވޭކަށް ނެތް އަދި ކުރެހުމެއް ކުރަހާލެވޭކަށްވެސް ނެތް. މިއީ ކޮންކަހަލަ ޑިމޮކްރަސީއެއް؟ އަހަރުމެން ފަލަސްތީނަށް ހަމްދަރުދީ ވާކަން ބުނެލުމުގެ ހައްގެއް ވެސް ނެތީތަ؟" ހައްޔަރު ކުރި ކުރެހުންތެެރިޔާގެ އާއިލާއިން ބުންޏެވެ.

މީގެއިތުރުން، މިދިޔަ ހުކުރުދުވަހުގެ ހުކުރު ނަމާދަށްފަހު އިންޑިއާގެ ކަޝްމީރުގެ ސަރަހައްދުގައި ދިރިއުޅޭ އާންމުންވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން ނުކުމެ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ސުލްޙަވެރި އެއްވުމެއް ބާއްވާފައެވެ. ނަމަވެސް އެސަހައްދުގެ ފުލުހުން ނުކުމެ މިމުޒާހަރާ ހުއްޓުވައި އެސަރައްދު ބަންދުކޮށްލީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން