ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އެންޖެލީނާ ޖޯލީ، ފޮޓޯ ޝޫޓަކަށް 18 މިނެޓުވަންދެން މާބުރުތަކަކާއެކު ހުއްޓިހުރެއްޖެއެވެ.

މާބުރުތައް ހިމާޔަތް ކުރުމާ ބެހޭގޮތުން ކުރިއަށް ގެންދިޔަ މިފޮޓޯ ޝޫޓަކީ ނެޝަނަލް ޖޯގްރަފިކް މެގަޒިނުން ބޭއްވި ފޮޓޯ ޝޫޓެކެވެ. މި ފޮޓޯ ޝޫޓް ކުރިއަށް ދިޔައިރު އެންޖެލީނާ ޖޯލީ ފިޔަވާ ސްޓޫޑިއޯގައި ތިބި އެހެން އެންމެން ތިބީ މާބުރުތަކުން ސަލާމަތްވާ ފަދަ ހެދުމެއް އަޅައިގެންނެވެ.

ނަމަވެސް އެންޖެލީނާ ހުރީ މާބުރުތައް އޭނާގެ ގަޔަށް ޖައްސާ އުޅޭކަހަލަ ހާއްސަ ހެދުމެއްގައެވެ. އޭނާ ހުންނަން ޖެހުނީ 18 މިނެޓު ވަންދެން ގުޑިވެސް ނުލައެވެ. އެއީ އޭނާ ގުޑިލައިފިނަމަ މާބުރުތައް އޭނާގެ ގަޔަށް ކަށި ޖަހާފާނެތީއެވެ.

އެންޖެލީނާ އަކީ މާބުރު ހިމާޔަތް ކުރުމަށްވެސް މަސައްކަތްކުރާ ތަރިއެކެވެ. އަދި ޔުނެސްކޯއިން ކުރިއަށްދާ މާބުރު ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން އެންޖެލީނާ ޖޯލީއަށް ވަނީ ގޯޑް މަދަރގެ ލަގަބުވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އިސްމައިލް

23-May-2021

މާބުރު ދަސްކުރަން އަލުން ސްކޫލަށް ދާންޖެހުނީ.



ޓްރެންޑިން