ކިމް ކާޑޭޝިއަން.
ކިމް ކާޑޭޝިއަން.
ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވް، "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަން" އިން މަޝްހޫރުކަން ލިބިގެންދިޔަ ކިމް ކާޑޭޝިއަން ވަކީލުކަމުގެ ފާސް ހޯދުމަށް ބައިވެރިވި އިމްތިހާނުން ފެއިލްވެއްްޖެއެވެ.

ރިއަލިޓީ ޝޯވް ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސްގެ އެޕިސޯޑެއްގައި މިކަމާބެހޭގޮތުން ވާހަކަދައްކަމުން ކިމް ބުނެފައިވަނީ ގާނޫނީރޮނގުންކުރިއަށް ދިއުމަށް އޭނާ ކިޔަވަމުންދިޔަ ހަތަރު އަހަރުގެ ކޯހުގެ ފުރަތަމަ އަހަރު ނިންމައި ހެދި އިމްތިހާނުން ފެއިލްވެފައިވާކަމަށެވެ. މިއިމްތިހާނުން ފާސްވުމަށް 560 ޕޮއިންޓް ބޭނުންވާއިރު، ކިމްއަށް ލިބިފައިވަނީ 474 ޕޮއިންޓެވެ.

ޓެސްޓުން ފެއިލް ވުމާއިއެކު ކިމް ހިތާމަ ފާޅުކުރާތަން ފެންނަ މިއެޕިސޯޑް ބުރާސްފަތި ދުވަހު އާންމުކޮށް ދައްކާނެއެވެ.

ޓެސްޓުން ފެއިލް ވުން ކިމް ސިފަކޮށްފައިވަނީ އޭނާގެ ދިރިއުޅުމުގައި ލިބުނު ވަރަށްބޮޑު ނާކާމިޔާބީއެއްގެ ގޮތުގައިކަން، މިއެޕިސޯޑުގެ ޓްރެއިލަރގެ މަންޒަރުތަކުން ފެނިގެންދެއެވެ. މިގޮތުން ދަރިންނާއި ދުރުގައި އެތައްގަޑިއިރެއް ކިޔެވުމުގައި ހޭދަކޮށް، އެތަށް ގޮންޖެހުންތަކާއި ކުރިމަތިލައިގެންވެސް ޓެސްޓުން ފެއިލްވުމާއިއެކު، ކިޔެވުން އިތުރަށް ކުރިއަށްގެންދާނެ ހިތްވަރެއްނެތް ކަމަށްވެސް ކިމް ފާހަގަކުރެއެވެ.

ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ޓީވީ ސްޓަރ، މޮޑެލް އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން ގާނޫނީރޮނގުން ކުރިއަށް ދިއުމަށް ކިޔަވަމުންދާކަން އާންމުކޮށް އިއުލާންކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހު ވޯގް މެގަޒިނަށް ދިން އިންޓަރވިއުއެއްގައެވެ. އޭނާ މިހާރު ދަނީ ލޯފަރމެއްގައި ހަތަރު އަހަރުގެ އެޕްރެންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން