ޖޯން ސީނާ.
ޖޯން ސީނާ.
މަޝްހޫރު ރެސްލިން ތެޅުންތެރިޔާ، ޖޯން ސީނާއަށް ޗައިނާއާއި ޓައިވާނަކީ ވަކިދެގައުމެއްކަމަށް ދޭހަވާގޮތަށް ވާހަކަދެކެވުމުން ޗައިނާގެ ރައްޔިތުންގެ ކިބައިން އޭނާ މަޢާފަށް އެދެފިއެވެ.

ޗައިނާގެ ގުއަންޒޯ ސިޓީ ސަރަހައްދުގައި ވަކި ރަށެއްގެގޮތުގައި އޮންނަ ޓައިވާނަކީ ރަސްމީގޮތުން ރެޕަބްލިކް އޮފް ޗައިނާއެވެ. ދެން އޮންނަނީ ޕީޕަލްސް ރެޕަބްލިކް އޮފް ޗައިނާއެވެ. މިއީ ދެގައުމަކަށް ނުވި ނަމަވެސް ރެޕަބްލިކް އޮފް ޗައިނާ އަދި ޕީޕަލްސް ރެޕަބްލިކް އޮފް ޗައިނާގެ ވެރިކަން ތަފާތުވުމާއިއެކު ގިނަ ބަޔަކަށް އޮޅުން އެރުމަކީ އާންމުކަމެކެވެ.

މިގޮތުން ޓައިވާނުގައި އިނގިރޭސި ފިލްމު "ފާސްޓް އެންޑް ފިއުރިއަސް 9" ޕްރޮމޯޓް ކުރަމުން ޓައިވާނަކީ ވަކިގައުމެއްކަމަށް ޖޯން ސީނާއަށް ބުނެވިފައިވެއެވެ. މިއާއިއެކު ޖޯން ސީނާއަށް ސަޕޯޓު ކުރާ ޗައިނާގެ އެތައްބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ.

މިކަމާގުޅިގެން މިދިޔަ އަންގާރަ ދުވަހު، ޗައިނާގެ ރަސްމީ ބަސް މެންޑަރިން ބަހުން ޖޯން ސީނާ ވަނީ އެކަމަށް މަޢާފަށް އެދެފައެވެ.

"އަހަރެން ވަރަށް ލޯބިވޭ އަދި އިހުތިރާމްވެސް ކުރަން ޗައިނާއަށް. އަދި ޗައިނާގެ ރައްޔިތުންނަށް. އަހަންނަށް ހެދުނު ގޯހަށް މައާފަށް އެދެން." ތަކުރާރުކޮށް މައާފަށް އެދެމުން ޖޯން ސީނާ ބުނެފައިވެއެވެ.



އިނގިރޭސި ފިލްމު "ފާސްޓް އެންޑް ފިއުރިއަސް 9" ރިލީޒްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. މިފިލްމަށް ޗައިނާއިން އެކަނިވެސް 148 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން