ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ކ)
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ކ)
އަގެއްނެތް ބިލްތަކުން އުފެދޭ ޤާނޫނުތައް ވަރަށް އަވަހަށް ފުހެވިގެންދާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑީޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށަކަށް ހެދުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ އިސްލާޙު ހުށައަޅުއްވާފައެވެ.

އެ އިސްލާޙާއި ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، އަގެއް ނެތް ބިލްތަކުން އުފެދޭ ޤާނޫނުތަކަކީ ޑިކްޓޭޓަރޝިޕް ނިޒާމާއެކު ވުޖޫދުން ފޮހެވިގެންދާނެ އެއްޗެއް ކަމަށެވެ.

ޑރ. އަޙްމަދު ވިދާޅުވެފައި ވަނީ މިއީ "ލާދީނިއްޔަތުގެ ނުފޫޒުގައި ޖެހިފައި ތިބި "އިސްލާމޮފޯބްސް،" ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި ދުސްތޫރީ ޕްރިންސިޕަލްތަކާ ޚިލާފަށް ހުށަހަޅާ،" އިސްލާޙެއް ކަމަށެވެ.



ޙިސާން ހުށައެޅުއްވި ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކު ނިސްބަތްވާ ގައުމެއްގެ ސަބަބުން ނުވަތަ ނަސްލެއްގެ ސަބަބުން މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ.

ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން