ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ (ވ)
ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ (ވ)
މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ބޮޑު އަދަބެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙް ހުށައެޅުމާއެކު، މިއީ ޢަދާލަތު ޕާޓީ ސަރުކާރުން ވަކިވާންވީ ވަގުތު ކަމަށް، މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގައި ވަނީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށެވެ.

އެ އިސްލާޙާއެކު ސަރުކާރު ބަލިކަށިކޮށްލުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިއްޕަވައި މަލީޙް މިއަދު ވިދާޅުވީ މިއީ އެއްވެސް ބަހަނާއެއްނެތި ޢަދާލަތު ޕާޓީ ސަރުކާރުން ދުރަށްދާންވީ ދަނޑިވަޅުކަމަށެވެ. އަދި މަލީޙް ވަނީ ޢަދާލަތު ޕާޓީ ސަރުކާރާ ދުރަށްދާންޖެހޭ އިތުރު ސަބަބުތަކެއް ހުރި ކަމަށްވެސް ވިދާޅުވެފައެވެ.

"ލަސްނުކުރައްވާ. ޖެންޑަރ މިނިސްޓްރީވެސް ނުދިނެއްނޫންތޯ. ޝިދާތާޔަށްވެސް ހެދީ ކިހާ އިހާނެތިކޮށްތޯ؟" މަލީޙް ވިދާޅުވިއެވެ.



މީގެ އިތުރުން މަލީޙް ވިދާޅުވީ އެޖެންޑާ 19 ގެ އަސްލު ސޫރަ މިހާރު ދަނީ ތިލަވަމުން ކަމަށާއި، އެމްޑީޕީ ބަލިވާނެ ކަމަށެވެ.

ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއްކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އެބިލުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އެގޮތުން އާންމުތަނުގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޕޮއްޕަޓޭ

03-Jun-2021

މަލީހުމެން ދެން މަގާމާ ފައިސާގެ ދަހިވެތިކަމުގަ ކޮށްފަނުކިރާނެ ކަމެއްނޭގިގެންދޯ ތިއުޅެނީ. އަދިވެސް ކެވުނު ބައިވަރު މަދީތަ? ފިތުނަ ެުފެއްދުން ކަމަކީ. ކުރީގެ 5 އަހަރުވެސް ކަމުނިދިޔަ ދެން ކާކުބާ މި ކަމުދަނީ ތިމާދޯ? ހެހެ އެކަމު ކާކުދޯ ދެން މަލީހު ވެރިކަމަށްގެންނާނީ ދެން ރުޅިގަދަކޮށްކޮށް ހުރޭ ވާނެ އެއްކަމެއްވެސް ނެތް ފަތަށްބަރުވުނ ފިޔަވާ.



ޓްރެންޑިން