ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި ޑރ. މުޙައްމަދު އިޔާޒް (ވ)
ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި ޑރ. މުޙައްމަދު އިޔާޒް (ވ)
ސަރުކާރުން ވަކިވާންވީމަ އަދާލަތު ޕާޓީއަށް އެނގޭނެ ކަމަށާއި، ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލަށް ލިބިވަޑައިގެންނެވި ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ބޮޑު އަދަބެއް ލިބޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙް ހުށައެޅުމާއެކު، މިއީ އަދާލަތު ޕާޓީ ސަރުކާރުން ވަކިވާންވީ ވަގުތު ކަމަށް، މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން "ރަސް އޮންލައިން" ގައި ލިޔެފައިވާ ޚަބަރަކާ ޙަވާލާދީ މަލީޙަށް ރައްދު ދެއްވަމުން އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. އިޔާޒް ވިދާޅުވީ، މި ސަރުކާރުންވެސް ވަކިވާން ޖެހިއްޖެ ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެނިއްޖެ ޙާލަތެއްގައި އެކަމަށް ލަހެއް ފަހެއް ނޯންނާނެ ކަމަށެވެ.

އެހިސާބަށް ސަރުކާރުގެ ޢަމަލުތައް ދޭތޯ އަދާލަތު ޕާޓީން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ޑރ، އިޔާޒް ވިދާޅުވިއެވެ. ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްވެސް މަލީހް ފަދައިން އަދާލަތުންވެސް މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް ސަރުކާރު ގޯސްވި ހިސާބުން ސަރުކާރުން ވަކިވެފައިވާނެކަން ޑރ. އިޔާޒް ވަނީ މަލީޙަށް ހަނދާންކޮށްދެއްވާފައެވެ.

"މަލީހަށް ކުރިމަތިވި ހިތާމައިގައި އަޅުގަނޑުމެން ބައިވެރިވިން. އެދުވަހު މަލީހް މަޖިލީހުގައި ދެއްކެވި ހިތްވަރަށް ސާބަސް ދިނިން." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.



ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގައި ވަނީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށެވެ.

އެ އިސްލާޙާއެކު ސަރުކާރު ބަލިކަށިކޮށްލުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިއްޕަވައި މަލީޙް ވިދާޅުވީ މިއީ އެއްވެސް ބަހަނާއެއްނެތި އަދާލަތު ޕާޓީ ސަރުކާރުން ދުރަށްދާންވީ ދަނޑިވަޅުކަމަށެވެ. އަދި މަލީޙް ވަނީ އަދާލަތު ޕާޓީ ސަރުކާރާ ދުރަށްދާންޖެހޭ އިތުރު ސަބަބުތަކެއް ހުރި ކަމަށްވެސް ވިދާޅުވެފައެވެ.

ލާދީނީ ކިއުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުން އިސްލާހެއް ހުށައެޅުމުން ގިނަބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވުމުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޅޮސްެުއުދޯލި

03-Jun-2021

ނުކެރޭނެ ވަކިވާކަށް އޭރުން މިނިސްޓަރުންނާ ސްޓޭޓް މިނިސްޓަރުންނާ ލެކްޗަރަރުންނާ މިހެންގޮސް އެންމެންގެ ވަޒީފާ ގަނޑު ގެއަލުނީ. ތީ ވަކި ފާޑެއްގެ ބަޔެއްވިއްޔަ. ދީނީ އިލްމްވެރިންނެއް ސިޔާސީ ކަކަމަކު ނޫޅޭނެ ދޭތެރެޖެއްސުމުގަ މުޅ ރޭދުއާ ހޭދައެއްނުކިރާނެ. ރައްޔިތުންގެ އިތުބާރު ގެއްލިފަ ތިނބި ބަޔެއތީ...


4

ޅޮސްެުއުދޯލި

03-Jun-2021

ނުކެރޭނެ ވަކިވާކަށް އޭރުން މިނިސްޓަރުންނާ ސްޓޭޓް މިނިސްޓަރުންނާ ލެކްޗަރަރުންނާ މިހެންގޮސް އެންމެންގެ ވަޒީފާ ގަނޑު ގެއަލުނީ. ތީ ވަކި ފާޑެއްގެ ބަޔެއްވިއްޔަ. ދީނީ އިލްމްވެރިންނެއް ސިޔާސީ ކަކަމަކު ނޫޅޭނެ ދޭތެރެޖެއްސުމުގަ މުޅ ރޭދުއާ ހޭދައެއްނުކިރާނެ. ރައްޔިތުންގެ އިތުބާރު ގެއްލިފަ ތިނބި ބަޔެއތީ...


-3

އެދުރު

03-Jun-2021

ނޫނޭ. ބަގުޑި ބައްދައިގެން ތިބޭ.


5

ފުވައްމުލަކު ކޫދުން

03-Jun-2021

މަލީހަކީ ފެއިލިއާރ އެއް. ޢެއްވެސް ސިޔާސީ އުރައްޕަތެއް ހުރިމީހެއްނޫން , އެއްވެސް ކަމެއްކުރެވޭނެ މީހެއްވެސްނޫން. ޙިހޫންތަނުންކައިގެން ރައްޔިތުންގެ މާލިއްޔަތު ފެލާމީހެއް. ޟަހައްދާ އޯކޭ ކަންނޭންގެ



ޓްރެންޑިން