ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
މީހަކު "ލާދީނީ" ކުރުމާ، "ކާފަރު" ކުރުމަކީ ތަފާތު ދެކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ބޮޑު އަދަބެއް ލިބޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙް ހުށައެޅުމާއެކު، އެ އިސްލާޙާ ދެކޮޅު އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން ސަރުކާރު ކޯލިޝަންގެ އެމްޑީޕީއާއި އެމްއާރުއެމް ފިޔަވާ އެހެން ޕާޓީތަކާއި، ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންވެސް ވަނީ އެ އިސްލާޙާ ދެކޮޅުކަން ހާމަކޮށްފައެވެ.

އެ އިސްލާޙާ ގުޅިގެން އުފެދިފައިވާ ޚިޔާލު ތަފާތުވުން ތަކާގުޅިގެން މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، މީހަކާ ދިމާލަށް ލާދީނީއޭ ބުނުމާ، ކާާފަރެކޭ ބުނުމާ, އެއީ ތަފާތު ދެކަމެއް ކަމަށެވެ.

"އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމާ، އެ މީހަކީ މުރުތައްދު ވެފައިވާ މީހެކޭ ބުނުން ތަފާތު ދެއްތޯ؟ އިސްލާމްދީނާއި ދެކޮޅު ކޮންމެ މީހަކީ އަދި ކާފަރަކަށް ނުވެ ހިނގައިދާނެ." ޢަލީ ޙުސައިން ވިދާޅުވިއެވެ.



ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގައި ވަނީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށެވެ.

ލާދީނީ ކިއުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުން އިސްލާހެއް ހުށައެޅުމުން ގިނަބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވުމުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން