ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މުޅި މުޢައްސަސާގެ ފަރާތުންކަމަށް އެމްއެންޑީއެފުން ބުނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާއި ގުޅޭގޮތުން ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް އެމްއެންޑީއެފްގެ އޮފިސަރެއް ދިން މަޢުލޫމާތުތަކުގެ އިންކުއަރީއަށް ހުރަސް އެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީއާއި "ޗެއިން އޮފް ކޮމާންޑު" އަދި "ކޮމާންޑު އެންޑް ކޮންޓްރޯލް" އަދި އެ މުއައްސަސާގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްވެފައިވާ އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީއަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ ބަޔާނަށް ފާޑު ވިދާޅުވެ އިންތި މިއަދު ވިދާޅުވީ، އެމްއެންޑީއެފްގެ ބަޔާން ފަށާފައި ވަނީވެސް ރައީސް ނަޝީދަށް "ދިން" ޙަމަލާގެ ބަަދަލުގައި "ދެވުނު ހަމަލާ" ގެ ގޮތުގައި ސިފަކޮށްދެމުން ކަމަށާއި، އެ ބަޔާނުން މަޖިލީހަށް ވަކި ވަކި ސިފައިން ޖަވާބުދާރީ ނުވާނެކަން ހާމަކުރުމަކީ ފިލައިގެން ތިބެ މީޑިއާއަށް މަޢުލޫމާތުދޭ ފަރާތްތަކަށް ދެވޭ ހިތްވަރެއް ކަމަށެވެ.

އަދި "މިއީ މަޖިލީހުގެ އިންކްއަރީއަށް ހުރަސް އެޅުން!" ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި އެމްއެންޑީއެފްގެ ފަރާތަކާ ޙަވާލާދީ ރާއްޖޭގެ ނޫހަކުން ވަނީ މައްސަލައިގައި ކުށްވެރިވަނީ ރައީސް ނަޝީދުގެ ޢަމަލުފުޅުތަކާއި، ދިރިއުޅުއްވި ގެކޮޅު ކަމަށް ބެލެވޭ ގޮތަށް ވާހަކަދައްކާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ކަންކަން ފޫއަޅުވާލާފައިވާ ގޮތް މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ބަލަމުންނެވެ. މި ހަމަލާއާއި ގުޅިގެން ވަކިވަކި ސިފައިންނަށާއި ދިފާއީ ވަޒީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދާއިރު އެފަދަ ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން ވެސް މައްސަލަ ބަލާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން