ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން (ވ)
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން (ވ)
ސެކެޓްރީ ޖެނެރަލުން އައްޔަނުކުރާއިރު ކައުންސިލްގެ ލަފާ ނުހޯދައި އައްޔަނު ކުރުމާމެދު ސަރުކާރުން ދެކޮޅު ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ބަޔާންކުރާ އިސްލާހު ލާމަރުކަޒީ ޤާނޫނާއި ސިވިލް ސަރވިސް ޤާނޫނަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

ސަޢީދުގެ އިސްލާޙާ ގުޅިގެން، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވީ، ކައުންސިލް ތަކުގެ ހިންގުން ހަރުދަނާކުރުމަށް، ސެކެޓްރީ ޖެނެރަލް އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެމަތިން ކަމަށް ޤާނޫނަށް އިސްލާޙު ގެނައީ މި ސަރުކާރުން ކަމަށާއި، އެ ސިޔާސަތަށް އަދި ބަދަލެއް އައިސްފައި ނުވާކަމަށެވެ.

"މި ސިޔާސަތަށް އެއްވެސް ބަދަލެއް ނާދޭ. މިހާރު ހުށަހެޅިފައި އެވާ ބިލަކީ ސަރުކާރުން ހުށަހެޅި ބިލްއެއް ނޫން" ކަމަށް ހަމްދާން ވިދާޅުވިއެވެ.

ޙަމްދާންގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވެސް ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރުމުގައި ސަރުކާރުން ބޭނުންވާގޮތް އޮތީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކަމަށެވެ.

"ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގައި، ކައުންސިލްގެ ލަފާހޯދުމަށް ޤާނޫނުގައި މިހާރު ލިޔެވިފައިއެވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާޙާއިއެކު. ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން، ކައުންސިލްގެ ލަފާހޯދުން" ކަމަށް މަބްރޫކް ވިދާޅުވިއެވެ.



ގާނޫނަށް މިއިސްލާހު ގެންނަން ނިންމީ ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ، ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބިލް ހުށައަޅުއްވަމުން ސަޢީދު ވަނީ ވިދާޅުވެފައެވެ.

މި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހުން އައްޔަންކުރުމާއިބެހޭ އުސޫލެއް އެކުލަވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން