ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ޤާއިމްކުރަންވާނީ އެ އަތޮޅުގެ ރައްޔިތުންގެ ރުހުން ހޯދައިގެން ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މި ބީދައިން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ހޫނު ބަހުސްތަކެއް ހިނގަމުންދާ ދަނދިވަޅެއްގަ އެވެ. އެކަމާއި ގުޅިގެން އައްޑޫގެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ. ނަމަވެސް އައްޑޫ މޭޔަރ ޢަލީ ނިޒާރާއި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ އިންޑިއާގެ އެނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ.

ޚިޔާލުތަފާތުވުން ބޮޑުވެފައިވާ އައްޑޫ ކޮންސިއުލޭޓްގެ މައްސަލާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، އައްޑޫ އަތޮޅު އޮންނަނީ އިންޑިޔާ ކަނޑުގެ މުހިންމު ހިސާބެއްގައިކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޤާނޫނުތައް ނުހިނގާނެ އެހެން ޤައުމެއްގެ ޑިޕްލޮމެޓިކް ސަރަޙައްދެއް އެ އަތޮޅުން ކަށަވަރުކުރަންވާނީ އެ އަތޮޅުގެ ރައްޔިތުންގެ ރުހުން ހޯދައިގެންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ، "އައްޑޫގެ ކުރިމަގު ނިންމާނީ އައްޑޫ ރައްޔިތުން" ކަމަށެވެ.



އިންޑިއާ ސަރުކާރުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިންމާފައި ވީނަމަވެސް އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ހުޅުވުމަށް އަދި ދިވެހި ސަރުކާރުން ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެކި ފަރާތްތަކުން ވެސް ދަނީ ކޮންސިއުލޭޓެއް އެޅުމުން އައްޑޫ ސިޓީ ތަރައްގީވާނެ ކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން