އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔަ "ދިޔާ އެއްޗަކީ" ޙަރާމް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމްގެ ގާތް އެކުވެރިއެއް ކަމަށްވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި ބައްދަލުކުރެއްވުމަށް މަޝްހޫރު ހާމިދުސޭޓުގެ ގެޔަށް ދަބަހެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް އާޒިމްގެ ގާތުގައި އަދީބު އެދިފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. އަދި އާޒިމް ވަނީ އެއީ އަސްލު މެސެޖެއް ކަމަށް އޮންލައިން މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި އިޢުތިރާފްވެ ވަޑައިގެންފައެވެ.

އަދި އެ ދަބަހުގައި އުފުލީ ކަރުދާސް ނޫން ކަމަށާއި، އެއީ ކޮންމެވެސް ކަހަލަ "ދިޔާ އެއްޗެއް" ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މިރޭ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެރޭ އުފުލީ ޙަރާމް އެއްޗެއް ނޫން ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އެ ވާހަކަ އެ ހިސާބަށް ބޭއްވުމަށް ބޭނުންވާ ކަމަށާއި، އެއީ ކޮން ދިޔާއެއްޗެއްކަން ދެމަހެއް ފަހުން ހާމަކުރަށްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ޤާނޫނީ ދާއިރާގެ ގިނަ ބޭފުޅުން އޭރު ވިދާޅުވެފައިވަނީ އާޒިމް "ޑެލިވަރީ ބޯއި އެއްގެ ގޮތުގައި" އުފުލި ދިޔާ އެއްޗެހީގެ ތަފްސީލް އޭނާ ދެއްވަން ޖެހޭނެ ކަމަށާއި، އަދި އެއީ ސަމާސާއަކަށް ހަދައިގެން ދެއްކޭނެ ވާހަކައެއް ނޫންކަމަށެވެ. އަދި އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ޖެހޭނެ ކަމަށްވެސް ޤާނޫނީ ފަންނުގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނިފައިވާއިރު ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ އެ ވާހަކަ އޮއްބާލައި، މުޅިން އެހެން އަމާޒަކަށް މީހުންގެ ފޯކަސް އަނބުރާލުމަށް އާޒިމް ކުޅުއްވާ ސިޔާސީ "ގޭމެއް" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން