ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި ގުދަން
ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި ގުދަން
ވިލިމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ކުޑަކުދިންގެ ހިޔާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި ރޯވެފައި ވަނީ ހިޔާގެ ދެވަނަ އިމާރާތުގައި އެއްޗެހި ރައްކާ ކުރަން ހަދާފައި ހުރި ގުދަނެއްގައި ކަމަށެވެ. އެތާނގައި ރޯވީ މިއަދު ހެނދުނު 10:46 އެހާކަންހާއިރު އެވެ.

ރޯވި އަލިފާން މާ ގިނައިރުތަކެއް ނުވަނީސް އެމްއެންޑީއެފުން ވަނީ ނިއްވާލާފަ އެވެ.



މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ކުޑަކުދިންގެ ހިޔާގެ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އެމްއެންޑީއެފަކުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން