ޝައިޚް ޢަލީ ޒައިދު (ވ) އާއި ޑރ. އިޔާޒް (ކ)
ޝައިޚް ޢަލީ ޒައިދު (ވ) އާއި ޑރ. އިޔާޒް (ކ)
ލާދީނީ ކިޔުން ޤާނޫނީ ގޮތުން މަނާ ކުރަނީ މުންކަރާތަށް އިންކާރުކުރުން ހުއްޓުވުމަށް ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިޚް ޒައިދު މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ، މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ބޮޑު އަދަބެއް ލިބޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރު ކޯލިޝަންގެ އެމްޑީޕީއާއި އެމްއާރުއެމް ފިޔަވައި އެހެން ޕާޓީތަކާއި، ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންވެސް ވަނީ އެ އިސްލާޙާ ދެކޮޅުކަން ހާމަކޮށްފައެވެ.

ލާދީނީ ކިޔުން ޤާނޫނީ ގޮތުން ހުއްޓުވުމާގުޅޭ ޤާނޫނާއި ގުޅޭގޮތުން ޒައިދު ވިދާޅުވީ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ކިޔުމާ އޭނާވެސް ވަރަށް ދެކޮޅު ކަމަށެވެ. އަދި އެކަން މަނާ ކުރުމަކީ ރަނގަޅުކަމެއް ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

"ނަމަވެސް މުސްލިމަކާ ދިމާލަށް ކާފަރެކޭ ކިއުން މަނާ ކުރުމުގެ ނަމުގައި އަޞްލު މިއުޅެނީ މުންކަރާތަށް އިންކާރުކުރުން ހުއްޓުވަން! ވ ރީތިނަމެއް ކިޔައިގެން ރައްޔިތުންނަށް އޮޅުވާލަނީ!" ޒައިދު ވިދާޅުވެފައިވެއެވެ.



ޝައިޚް ޒައިދުގެ ވާހަކައަށް ތާޢީދު ކުރަށްވައި ޑރ. ޢިޔާޒް މިއަދު ވިދާޅުވީ، ދީނީ އިލްމުވެރިން ނުހުއްޓުވޭނެ ކަމަށާއި، ދީނުގެ ދިފާޢުގައި ކުރަންޖެހޭ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގައި ވަނީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށެވެ.

ލާދީނީ ކިއުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުން އިސްލާހެއް ހުށައެޅުމުން ގިނަބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވުމުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ތިޔަ

08-Jun-2021

ތިތުބުޅިން ކިތައްމެ މޮޅަށް ތިމާގެވެތިންނަކިޔަމަންވާންޖެހޭނޫންބާ



ޓްރެންޑިން