ޕާރލް ވީ ޕޫރީ.
ޕާރލް ވީ ޕޫރީ.
އިންޑިއާގެ ޓީވީ ސީރީޒްތަކުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕާރލް ވީ ޕޫރީ، ކުޑަކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރު، އުމުރުން ފަސް އަހަރުގެ ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައެވެ. މިމައްސަލަ އަކީ 2019 ވަނަ އަހަރު އެކުޑަކުއްޖާގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެއެވެ. ނަމަވެސް، މިމައްސަލަ އާއި ގުޅޭ ހެކިތަކެއް ލިބިފައި ނުވުމުން މިމައްސަލައާއި ގުޅިގެން މީގެ ކުރިން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕާރލް ވީ ޕޫރީގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ. ޕޫރީ ހައްޔަރު ކުރުމާއިއެކު، އޭނާގެ ފޭނުންގެ އިތުރުން، އެކުގައި މަސައްކަތްކޮށްފައިވާ ގިނަ ތަރިންނާއި ޕްރޮޑިއުސަރުންވެސް ދަނީ އޭނާގެ ކުށެއް ނެތް ކަމަށާއި، ދޫކޮށްލުމަށް ގޮވާލަމުންނެވެ. އަދި މިއީ ބަޔަކު އޭނާއަށް ކޮށްފައިވާ ދޮގު ތުހުމަތެއްކަމަށްވެސް އޭނާގެ އެކުވެރިންނާއި ފޭނުން ދަނީ ބުނަމުންނެވެ.

ނަމަވެސް މިމައްސަލަ އާއި ގުޅިގެން އިންޑިއާގެ ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕޫރީ ހައްޔަރުކޮށްފައިވަނީ ދޮގު ތުހުމަތެއްގައި ނޫންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޭނާއާއި ދެކޮޅަށް ހެކި ހުރި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

2013 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޓީވީ ސީރީޒްތަކުން ފެންނަމުންދާ ޕާރލް ވީ ޕޫރީއަށް ގިނަބައެއްގެ ތަރުހީބު ލިބިގެންދިޔައީ 2018 ވަނަ އަހަރު އޭނާ ފެނިގެންދިޔަ ހިންދީ ސީރީޒް ނާގިންގެ ރޯލުންނެވެ. ނާގިން ސީރީޒްގައި އޭނާ ކުޅުނު ރޯލަށް ގިނަ އެވޯޑްތަކެއްވެސް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން