ފްރާންސް ގެ ރައީސް، އިމަނުއެލް މެކްރޯން.
ފްރާންސް ގެ ރައީސް، އިމަނުއެލް މެކްރޯން.
ފްރާންސް ގެ ރައީސް، އިމަނުއެލް މެކްރޯންގެ ކަންކަށިމަތީގާ މީހަކު އަތްދަމާފައި ޖަހައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ފްރާންސްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޑްރޯމް ރީޖަނަށް މެކްރޯން ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ.

މިހާދިސާ ހިނގާ ދިޔަވަގުތުގެ މަންޒަރު ފެންނަގޮތަށް އާންމުކޮށްފައިވާ ވީޑިއޯ އިން، މެކްރޯނަށް މަރުހަބާ ކިއުމަށް ދެފަރާތުން އެއްވެ ތިބި އާންމުންނާ ސަލާން ކުރައްވަމުން ދަނިކޮށް، އާންމުންގެ ތެރެއިން މީހަކު، ސަލާން ކުރުމުގެ ބަދަލުގައި މެކްރޯންގެ ކަންކަށިމަތީގައި، އަތްދަމާފައި ހުރި ބާރެއްލާފައި ޖަހާ މަންޒަރު ފެނިގެން ދެއެވެ. މިއާއެކު މެކްރޯންގެ ބޮޑީގާޑުން ވަނީ އެމަނިކުފާނު އެކަހެރިކޮށް، ޖެހިމީހާ ހިފަހައްޓާފައެވެ.

މިހާދިސާ އާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފައިވާއިރު، ފްރާންސްގެ ރައީސްގެ މޫނުފުޅުގައި ޖެހިމީހާގެ މަގްސަދު އަދި ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާ ހިނގާދިޔަކަން ފްރާންސްގެ ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް މިހާދިސާއާއި ގުޅޭގޮތުން އިތުރު އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



މިހާދިސާ ހިނގާފައިވާ ސަރައްހައްދު ކަމުގައިވާ، ފްރާންސްގެ ދެކުނުން ޑްރޯމް ރީޖަނަށް މެކްރޯން ޒިޔާރަތް ކުރައްވަމުން ގެންދަވަނީ އެސަރަހައްދުގެ ވިޔަފާރިވެރިންނާއި، ދަރިވަރުންގެ ފަރާތުން ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށްކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން