ބައެއްފަހަރު އިންސާފަކީ ހެކި ހުއްޓަސް ނެތަސް ތިމާ ބޭނުންވާ މީހަކަށް ބޭނުންވާ ޙުކުމެއް ޖެހުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުއްވި މައްސަލަ ބޭރުކޮށްލަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓުލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އެގޮތަށް އަންގަވައިގެން ކަމަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ވަނީ ތުހުމަތު ކުރަށްވާފައެވެ.
އެކަމާ ގުޅިގެން ބިގޭގެ ދިފާޢުގައި ވާހަކަ ދައްކަވަމުން މޫކޭ މިއަދު ވިދާޅުވީ، ބިގޭއަކީ ރ. އަތޮޅުގައި އެމްޑީޕީގެ ދިދަ ވިހުރުވާލި އަދި ސިޔާސީ މައިދާނުގައި ދެ ގޮތެއް ނުވާ އެމް.ޑީ.ޕީގެ ހިތްވަރުގަދަ ޚިދުމަތްތެރިއެއް ކަމަށާއި، ރ. އަތޮޅުގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިގެން ހުންނެވި ކުޅަދާނަ މާލިމީއެއް ކަމަށެވެ. އަދި ބިގޭ ގޯހެއް ނަހަދާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ އިތުރަށް ވިދާޅުވީ، ބައެއްފަހަރު އިންސާފަކީ ހެކި ހުއްޓަސް ނެތަސް ތިމާ ބޭނުންވާ މީހަކަށް ބޭނުންވާ ޙުކުމެއް ޖެހުން ކަމަށެވެ. އަދި ބައެއް ފަހަރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ބެވުން ކަމަށާއި، ބައެއް ފަހަރު މީހަކަށް ތާޢީދުކޮށް ވާހަކަ ދެއްކުމަކީ އަނެއް މީހާއަށް ހަރާންކޯރުވުން ކަމަށް ސިފަކުރާ ކަމަށް މޫކޭ ވިދާޅުވިއެވެ.
"ޑިމޮކްރަސީގެ ވައްތަރުތައް ގިނައީ އެވެ." މޫކޭ ވިދާޅުވިއެވެ.
މޫކޭއަކީ 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ރ. މަޑުއްވަރީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވައި ޓިކެޓް ލިބިވަޑައިނުގެންނެވުމުން ޕީޕީއެމްގެ ކެނޑިޑޭޓް އާދަމް ޝަރީފަށް އެ ގޮނޑި ހޯއްދަވައި ދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް މަޑުއްވަރީ ދާއިރާގެ އެމްޑީޕީގެ ގިނަ މެންބަރުން ތުހުމަތުކުރެއެވެ.
ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ރައީސް ނަޝީދު ހުށައެޅުއްވުމުން އެ މައްސަލަ ބޭރުކޮށްލުމަށް ވޯޓުދެއްވި އެމްޑީޕީގެ މެންބަރުންނަކީ ސަނީފާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދެވެ.

ކިޔުންތެރިންގެ ހިޔާލު