ސްރީލަންކާގައި 4 އަހަރުގެ ކުޑަ ކުއްޖަކަށް ބަނގުރާ ބޯންދިން މައްސަަލައެއް ފެންމަތިވެ، މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ސްރީލަންކާގެ ފުލުހުން ހާމަކޮށްފިއެވެ.

މިހާދިސާ ފެންމަތިވެފައިވަނީ ސޯޝަލްމީޑިޔާގައި ދައުރުވަމުންދިޔަ ވީޑިޔޯއަކާ ގުޅިގެން ކަމަަށް ސްރީލަންކާގެ ފުލުހުން ބުނެފައިވެއެވެ. މިވީޑިޔޯގައި ކުޑަކުއްޖަކު ބިޔަރު ދަޅެއް ބޯތަން ފެންނަކަމަށްވެއެވެ.

މިހާދިސާއާއި ގުޅިގެން، ކުޑަކުއްޖަކަށް ބިޔަރު ދަޅެއްދީ، ކުޑަކުއްޖަކު ބިޔަރު ބުއިމަށް ހުއްދަދިންކަމުގެ ކުށުގައި 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތާއި ރަލުގެ ބާވަތްތައް ދިނުމަކީ، ސްރީލަންކާގައި ގާނޫނީގޮތުން މަނާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން