މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ)
މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ)
މުޅި ރާއްޖެ އެއްކޮށް ފަސާދަކޮށް ނިންމައިފި ކަމަށް މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަށްވާ އިބްރާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ، ރާއްޖޭގެ އިޖްތިމާޢީ ވެށީގައި ނުރަނގަޅު އެތައް ކަމެއް ޢާއްމުވެ އެކަމުގެ ނުރަނގަޅު އަސަރު ވަކިވަކި ފަރުދުންނަށްވެސް ފޯރަމުން ދާކަމުގެ އަޑު ގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ.

ވަކި ބޭފުޅަކަށް ނިސްބަތް ނުކުރަށްވާ އަދި ވަކި ފަރާތެއްގެ ބޮލުގައި އިލްޒާމް އެޅުވުމެއްނެތި އިބްރާ މިއަދުވަނީ ރާއްޖޭގެ އިޖްތިމާޢީ ވެށީގައި ހުރި ގިނަ މައްސަލަތަކެއް ޢާއްމުންގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން އިބްރާ ވިދާޅުވީ، ވައްކަމާއި، ފޭރުމާއި، ނެތިމޮށުމާއި، މީހުންމެރުން ޢާއްމުވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ލޫޓުވުމާއި، މަސްތުވުމާއި، އިއްފަތް ފޭރުމާއި، އަބުރު ނަގާލުމަކީ މިއަދު މުޖުތަމަޢުގައި އާދައިގެ ކަންކަމަށް ވެފައިވާކަން އިބްރާ ފާހަގަ ކުރެއްވިއެވެ.

"މިރާއްޖެ އެކުގައި ފަސާދަކޮށް ނިންމައިފި. މިވަރުގެ ދުވަސްވަރެއް އަދި ނާދޭ." އިބްރާ ވިދާޅުވެފައިވެއެވެ.

އިބްރާ އިތުރަށް ވިދާޅުވީ، އެނގޭ ކޮންމެ އެއްޗެއް އެނގޭ ވަގުތު ދުލުން ބޭރުނުކޮށްވެސް ބައެއް މީހުން ތިބޭނެ ކަމަށެވެ. އަދި އަނގަގަދަ މިތުރާއި އަނގަ މަޑު މިތުރުގެ ވާހަކައާއި، ސަންތި މަރިޔަނބުގެ ދަތް ގޯނީގެ ވާހަކައަކީވެސް ކުޑައިރު މަންމަމެން ކިޔައިދޭ ވާހަކަތައް ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ފާހަގަ ކުރެއްވި ފަދަ ބޮޑެތި ކުށްތައް ރާއްޖޭގައި އާންމުވެފައިވާއިރު ހައްދުފަހަނައަޅާ ދިއުމާއި ދީނުގެ ނަމުގައި މީހުންނަށް ގެއްލުން ދިނުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އަމަލުތައް މުޖުތަމަޢުގައި ބިރުގަންނަ ވަރަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން ހުސްވި މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އެމްޑީޕީގެ އެތެރެ ދެބަޔަށް ބައިވެ ދައުލަތުގެ އެއްމުއައްސަސާއިން އަނެއް މުއައްސަސާގެ އިހުތިސާސް ތަކަށް އަރައިގަނެ ގާނޫނާއި އުސޫލުތަކުގެ ބޭރުން ކަންކަން ހިނގަމުންދާކަން ގިނަ ބަޔަލު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ބޭބެ

15-Jun-2021

ރާއްޖެ ފަސާދަކުރުމުގައި އިބުރާ އަކީ އެންމެ އިސް މީހުންގެ ތެރޭގައި ހިމެނޭ މީހެއް ތިވާހަކަ ދައްކަން މިހާރު މާލަސްވެއްޖެ


19

ޢަލީ ސަޢީދު

13-Jun-2021

އަހަރުންބުނާނީއިރާގެއާއިލީމީހުންނާހުރެމިހެންވާންމިޖެހުނީ އަނގަފުޅާނުކޮށްހުރުންބުއްދިވެރި


-5

ޙަނު

13-Jun-2021

ދެޮގުހެދުމަކީ ގޯހެކެވެ. ފަސާދަ އަކީ ވެސް މީހުން ބަލަައިގަންނާނެ ކަމެން ނޫން


0

ަަްއޭ.އެން

13-Jun-2021

އިބުރާއަށް ތިހެން ހީވެލެއްވިކަން ނަސީބު.



ޓްރެންޑިން