އަލްހާން ފަހުމީ (ކ) އާއި، ރައީސް ނަޝީދު (ވ)
އަލްހާން ފަހުމީ (ކ) އާއި، ރައީސް ނަޝީދު (ވ)
ރައީސް ނަޝީދު ބަޣާވާތްކުރަށްވާ މަންޒަރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަ ކަމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ނާކާމިޔާބަށްފަހު ވަކި ސިޔާސީ ޕްލެޓްފޯމަކާއި ގުޅިވަޑައިނުގެން މިވަގުތު ހުންނެވި އަލްހާން މިފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރަށްވާފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއަށްފަހު އެ ޙަމަލާގެ ތަހުޤީޤު ކުރިއަށްދާ މިންވަރު ލަސްކަމަށްބުނެ އެމްޑީޕީގެ ބައެއް ޢާއްމު މެންބަރުން ގެންދަނީ އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތް ކުރުމަށް ބަޣާވާތެއް ކުރަމުންދާ ކަމަށް ބުނަމުންނެވެ.

އެކަމާ ގުޅިގެން އަލްހާން މިއަދު ވިދާޅުވީ، އެމްޑީޕީ ތެރޭގައި ބަޣާވާތް ކުރައްވަމުން އެގެންދަވަނީ ރައީސް ނަޝީދު ކަމަށާއި، ރައީސް ނަޝީދު ޕާޓީ ހިސޯރުކުރައްވައިގެން އުޅުއްވާތާ 15 އަހަރު ވެއްޖެ ކަމަށެވެ. އަލްހާން މިހެން ވިދާޅުވިނަމަވެސް އެމްޑީޕީގައި ވަކި ފަރުދަކަށް ގްރާސްރޫޓްގެ އެންމެ ބޮޑު ތާޢީދެއް އޮންނަ ކަމަށް ގިނަ ބަޔަކު ބުނަނީ ރައީސް ނަޝީދަށް ކަމަށެވެ. ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައިވެސް ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަން ފާހަގަ ކުރަށްވައި ޢާއްމު މެންބަރުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރުމަށް ގޮވާލާފައެވެ.

ރައީސް ޞާލިޙަކީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި، "އަމިއްލަފުޅަށް ރަހުމަތްތެރިޔާގެ ސަރުކާރާ ޖެހިގަނެ، ވެރިކަން ހިންގޭނީ ތިމަންނާ ބޮޑުވަޒީރަކަށް ހަދައިގެންކަމަށް ދައުވާކޮށް، ބަޣާވާތްކުރާ މަންޒަރު ދިވެހިންނަށް ސާފު" ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޅުއްވާ ކަމަށް އަލްހާން ތުހުމަތު ކުރަށްވައި އަދި އެކަން ކުރަށްވަން އުޅުއްވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކޮށްގެން ކަމަށް އަލްހާން ވިދާޅުވިއިރު، ރައީސް ނަޝީދު މީގެކުރިން ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަމަށް އެމަނިކުފާން ވަޑައިގަންނަވަން ބޭނުންފުޅުވާކަން ފާޅުގައި ރައީސް ޞާލިހަށް ދަންނަވާ އެކަން ރައީސް ޞާލިޙަށް ހުށައަޅުއްވާފައެވެ.

މިމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއަށް ފަހު ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަން ވިލާތުގައެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާ ރޭވުމުގައި ސަރުކާރު ކޯލިޝަންގެ ބައެއް ފަރާތްތަކާއި އެމްޑީޕީގެ އިސްބައެއްގެ އަތެއް ހިމެނޭކަމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ދަނީ ތުހުމަތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

ވަޙީދު

13-Jun-2021

ނަޝީދަކީ ޣައިރު މުސްލިމުން ގެ އެޖެންޓެއް.



ޓްރެންޑިން