ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަނު ކުރައްވާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވުމާ ހަމައަށް ޑރ ހުސައިން ހުންނެވީ އެންވަޔަރަމެންޓް މިނިސްޓަރުގެ މަޤާމުގައެވެ.

ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރުމަށް ރުހުންދޭން ފެންނަ ކަމަށް ކޮމެޓީގައި ނެގި ވޯޓުގައި، ފެންނަކަމަށް އަށް މެމްބަރުން ވޯޓު ދެއްވި އެވެ. ޑރ. ހުސެއިނަށް ރުހުން ދިނުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

ޑރ. ޙުސައިނަށް ރުހުން ދިނުމުގެ މައްސަލަ ދިގުލައި ދިޔައީ އޭނާ ޙިއްސާ އޮންނަ ވިޔަފާރިއެއް އޮންނާތީ އެ ވިޔަފާރީގެ ޙިއްސާ ދޫކޮށްލައްވަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން