އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް (ކ) އާއި، ރައީސް މުޙައްމަދު ނަޝީދު (މ) އާއި ރައީސް ޞާލިޙް (ވ)
އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް (ކ) އާއި، ރައީސް މުޙައްމަދު ނަޝީދު (މ) އާއި ރައީސް ޞާލިޙް (ވ)
އެމްޑީޕީ ދެބައިވީ ޕާޓީގެ ވަޢުދުތައް ފުއްދަން ސަރުކާރުން ބޭނުން ނުވުމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ޓީވީ ޕްރޮގްރާމެއްގައި މިއަދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އެގޮތުން ވެރިކަމުގެ ދެބާރެއް އެމްޑީޕީގެ ތެރޭގައި އޮތް ކަމަށާއި އެ ދެބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ. ނަމަވެސް އެއީ އެމްޑީޕީއަށް ހެޔޮ އެދޭނެ މީހަކު ބޭނުންވާނެ ގޮތެއް ނޫންކަމުގައި ބިގޭ ވިދާޅުވިއެވެ.

ބިގޭގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޙަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައާއި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ." ޙަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ހުށައެޅުއްވުމުން އެމައްސަލަ ބަލަން ނުފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ނިންމި ހިސާބުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑު ކިޔުން ވަނީ ބިގޭއަށް އަމާޒުވެފައެވެ.

އެކަމާގުޅިގެން ބިގޭ މިއަދު ވިދާޅުވީ، އެމްޑީޕީގެ މަސައްކަތް މިހާރު ބައިބައިވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ޗައިވާލާ

13-Jun-2021

އެމްޑީޕީ. 2 ބައިވީ ކިހިނެއް ?


0

ޗައިވާލާ

13-Jun-2021

އެމްޑީޕީ. 2 ބައިވީ ކިހިނެއް ?


-9

ޗައިވާލާ

13-Jun-2021

އެމްޑީޕީ. 2 ބައިވީ ކިހިނެއް ?


14

ޗައިވާލާ

13-Jun-2021

އެމްޑީޕީ. 2 ބައިވީ ކިހިނެއް ?



ޓްރެންޑިން