އެލެކްސް އަކީ ރައީސް ނަޝީދުގެ ޓްވިޓަރ ހޭންޑަލް އެއް ކަމަށް ގިނަ ބަޔަކު ބުނޭ
އެލެކްސް އަކީ ރައީސް ނަޝީދުގެ ޓްވިޓަރ ހޭންޑަލް އެއް ކަމަށް ގިނަ ބަޔަކު ބުނޭ
އެމްޑީޕީގެ އަސާސްތަކާ ޚިލާފްވާ މެންބަރުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެލެކްސް އަޙްމަދު ދެއްވައިފި އެވެ. އެލެކްސް އަޙްމަދަކީ ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ގިނަބަޔަކު ބުނާ ޓްވިޓަރ ހެންޑްލް އެކެވެ.

އެމްޑީޕީގެ މަސައްކަތް ދެބައިވެފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެމްޓަރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު (ބިގޭ) މިއަދު ވިދާޅުވެފައިވާތީ، އެލެކްސް އަހުމަދުގެ ނަމުގައި ހިންގާ މި ޓްވިޓާ ހެންޑްލްއިން އެކަމަށް ރައްދު ދެމުން ބުނެފައި ވަނީ، އެމްޑީޕީ ބައިބައިވާނެ ސަބަބެއް ނުވިސްނޭ ކަމަށާއި، ފިޔަވަޅުއަޅާ ކޮމިޓީގެ ބޭނުމަކީ ޕާޓީގެ އަސާސްތަކާ ޚިލާފްވާ މެންބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުން ކަމަށެވެ.

އެލެކްސް ވިދާޅުވީ އެމްޑީޕީ އަކީ މެންބަރުންގެ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ ކަންތައްތައް ނިންމަނީ މެންބަރުންގެ ވޯޓުން ކަމަށް އެލެކްސް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޤައުމީ މަޖިލީހާއި ޕާލިމެންޓަރީ ގްރޫޕުން ނިންމާ ނިންމުންތަކެއް ނޫންކަމަށް އެލެކްސް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ހުށައެޅުއްވުމުން އެމައްސަލަ ބަލަން ނުފެންނަކަމަށް ޖޭޕީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށައަޅުއްވައި އެމްޑީޕީގެ މެންބަރުންގެ ވޯޓުން ވަނީ ނިންމާފައެވެ. އެލެކްސް ބުނެފައިވަނީ އެކަމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނަށް އެގޮތަށް އެކަން ކުރުމަށް ބާރުއެޅީ ޕާލިމެމްޓަރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު (ބިގޭ) ކަމަށެވެ.

"މީ ޕާޓީގެ އަސާސް އާއި ޚިލާފު ކަންކަން. މި އޮޑިއެއް ނުފެތޭނެ. މި ޢަޒުމެއް ނުގުޑާނެ." ޓީމް އެމްޑީޕީގެ ހޭޝްޓެގްވެސް ޓްވީޓް ކުރަށްވަމުން އެލެކްސް ވިދާޅުވެފައިވެއެވެ.

އެލެކްސް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ވަރަށްގިނަ ސިޔާސީ ޕާޓީތަކުގެ ތަޖުރިބާ ދިރާސާކޮށް އެކުލަވާލާފައިވާ ޕާޓީއެއް ކަމަށެވެ. ޚާއްސަކޮށް ދެކުނު އޭޝިއާގެ ޕާޓީތައް ދިރާސާ ކޮށްފައިވާ ކަމަށް އެލެކްސް ވިދާޅުވިއެވެ.

އެމްޑީޕީގެ މަސައްކަތް މިހާރު ބައިބައިވެފައިވާ ކަމަށް ބިގޭ މިއަދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް މިރޭ ވިދާޅުވީ، އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައާއި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

ޙަސަން ލަތީފަށް ތާޢީދުކޮށް އެލެކްސް ވިދާޅުވީ، ޙަސަން ލަތީފް އެދައްކަވަނީ ރަނގަޅުވާހަކަތަކެއް ކަމަށާއި، ސަރުކާރުން ބޭނުންވީ އެމްއެމްޕީއާރުސީގެ މައްސަލައާއި މަރުތަކުގެ މައްސަލަ އޮއްބާލަން ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ޕާޓީގެ ޢާއްމު މެންބަރުން ބޭނުން ނުވާކަމަށް އެލެކްސް ވިދާޅުވިއެވެ. ނަމަވެސް ޕީޖީގެ ސެކްރެޓަރީ ޖެނެރަލް ލޮބީ ކުރަށްވަނީ އެމަގަށް ކަމަށާއި، އަދި އެކަން ކުރަނީވެސް ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި ކަމަށް އެލެކްސް ވިދާޅުވިއެވެ.

"އަޅުގަނޑު އަދި މިހުރީ ސްލިޕްގައި. ކެޗް އަންނާނެ." ނިންމަވާލައްވަމުން އެލެކްސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ސަނާ

13-Jun-2021

ތީ ފޭލްވެފަ އޮތް ޕާޓީއެއް. 2023 ނޯނޯނޯ ބޮޑު ނޯ



ޓްރެންޑިން