ދެމީހަކު މައްސަލަ ޖެހޭއިރަށް ޗެއަރޕާސަން ވަކިކޮޅެއް ނެންގެވުމަކީ ހުތުރުކަމެއް ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި އެޕާޓީގައި ދެ ފެކްޝަން އުފެދިފައިވާ ކަމަށް ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފްވެސް ވަނީ ވިދާޅުވެފައެވެ. ޕާޓީ ބައިބައި ވެފައިވާއިރު ޕާޓީގެ ޗެއަރޕާސަން ފެނިގެންދަނީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގައި އިސްކޮށް ޙަރަކާތްތެރި ވަމުންދާ މަންޒަރެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މިއަދު ވިދާޅުވީ، ޗެއާޕާސަނަކީ ދުވަހުން ދުވަހަށް ޕާޓީ ހިންގާ މީހާ ކަމަށެވެ. އަދި ދެމީހަކު މައްސަލަ ޖެހޭއިރަށް ވަކިކޮޅެއް ޗެއާޕާސަން ނެގުމަކީ ހުތުރުކަމެއް ކަމަށް ހަލީމް ވިދާޅުވިއެވެ. ހަލީމް ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ.



އެމްޑީޕީ ދެބައިވުމާއި ގުޅޭގޮތުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ޕާޓީ ދެބައިވީ އެޕާޓީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެކަން އެގޮތަށް ދިމާވީ ޕާޓީގެ ރައީސް، ރައީސް މުުހަންމަދު ނަޝީދާއި އަދި ޕާޓީވެސް އެއްކައިރިކޮށް ސަރުކާރު ހިންގާތީ ކަމަށް ހަސަން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު