ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު
އެމްޑީޕީއަކީ ވަރަށްގިނަ ބަޔަކު ޤުރުބާންވެގެން އުފެއްދި ޕާޓީއެއް ކަމަށާއި، ނަމަވެސް މިއަދު މުޅިއޮޑީގައި އޮތީ ޙަސަނުގެ ދެފައި ކަމަށް ޖޭޕީގެ ނައިބު ރައީސް އަހްމަދު ސަޢުދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ޕާޓީ ދެބައިވެފައިވާ ކަމަށް އެޕާޓީގެ އިސް ބައެއް ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވާ މިދަނޑިވަޅުގައި ސަޢުދު ވިދާޅުވީ އެމްޑީޕީ ދެބައި ނުވާކަމަށާއި، މީގެ ކުރިންވެސް މުޅިޕާޓީގައި މިހާރު އަތްގަދަ ކޮށްގެން އުޅޭ މީހާވަނީ ޕާޓީގެ ގިނަ ފައުންޑަރުން ހީލަތްތެރިކަމާއެކު ޕާޓީން ބޭރުކޮށްފައި ކަމަށެވެ.

"މިއަދު ކަރު ބުޑުގައި އެލަނީ އޭގެ ރަހަ." ސަޢުދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.



ސަޢުދުގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ރައްދު ދީފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގައި ކުރާނެ މަސައްކަތެއް ނެތީތޯ އާއި، އެޕާޓީގެ އަޑެއްބަޑެއް ނީވެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު ކޮށްފައެވެ. އަދި އެޕާޓީގައި ތިއްބެވި މެންބަރުންނާއެކު ޖަލްސާއެއްވެސް ބާއްވާލަން ރަނގަޅުވާނެ ކަމަށް ބައެއް ފަރާތްތަކުން ސަޢުދަށް ރައްދު ދެމުން ބުނެފައި ވެއެވެ.

ސަޢުދު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީއެވެ. ކޯލިޝަންގައި ދެން ހިމެނެނީ އަދާލަތާއި ރައީސް މައުމޫންގެ އެމްއާރްއެމް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން