އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ)
އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ)
އެމްޑީޕީ މިހާރު އަލުން މިއޮތީ "ތާހިރު ދިރިއުޅުމަކުން" ފަށަން ޖެހިފައި ކަމަށް އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަސައްކަތް ދެބައިވެފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެމްޓަރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު (ބިގޭ) ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދީ، އެމްޑީޕީ ބައިބައިވާނެ ސަބަބެއް ނުވިސްނޭ ކަމަށާއި، ފިޔަވަޅުއަޅާ ކޮމިޓީގެ ބޭނުމަކީ ޕާޓީގެ އަސާސްތަކާ ޚިލާފްވާ މެންބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުން ކަމަށް ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ ހޭންޑްލް، އެލެކްސް އަޙްމަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެވެސް މެންބަރ ވައްޑެ ވިދާޅުވީ، އެމްޑީޕީ މިހާރު އަލުން މިއޮތީ "ތާހިރު ދިރިއުޅުމަކުން" ފަށަން ޖެހިފައި ކަމަށެވެ. ތާހިރު ދިރިއުޅުމަކީ 2008ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ކެމްޕޭން ސްލޯގަންގެ ގޮތުގައި ބޭނުން ކުރެއްވި ޝިއާރެކެވެ.



އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުމުގެ ސަބަބުން ޕާޓީ ދެބައިވެފައިވާ ކަމަށް ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވާއިރު މިކަމަށް އިޝާރާތް ކުރަށްވާ ޕާޓީގެ އެކި ބޭފުޅުން ގެންދަވަނީ އެބޭފުޅުންގެ ހިތުގައި ޕާޓީއާއި މެދު އުފެދޭ މިފަދަ ޝުޢޫރުތައް ފާޅުކުރަށްވަމުންނެވެ.

އެމްޑީޕީގެ މަސައްކަތް މިހާރު ބައިބައިވެފައިވާ ކަމަށް ބިގޭ ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައާއި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން