މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައޫދީ ރައްޔިތުންނަށް އެކަނިކަމަށް ނިންމައި ސައޫދީ ސަރުކާރުން މިއަދު އެކަން އިއުލާންކޮށްފިއެވެ.

މިގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ދިރިއުޅެމުންދާ 60،000 މީހުންނަށް ކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފައިވެއެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށެވެ.

ވެކްސިން ޖެހުމުގެ އިތުރުން، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންކަމަށްވެސް ސައޫދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ސައޫދީ ސަރުކާރުން މިފަދަ ނިންމުމެއް ނިންމަވާފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. މިއީ ސައޫދީން ބޭރު ގައުމުތަކުގެ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ ގޮތަށް ހައްޖުގެ އަޅުކަން ކުރިއަށް ގެންދާ ދެވަނަ އަހަރު ކަމުގައި ވެގެން ދާނެއެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައިވެސް ބައިވެރިވުމަށް ފުރުސަތު ދިނީ ސައޫދީގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. ސައޫދީގައި ދިރިއުޅޭ 10،000 މީހަކު މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން