ދަނޑުމައްޗަށް ވެއްޓިފައި އޮތް ޑެންމާކްގެ މިޑްފީލްޑަށް ކުޅޭ ކުޅުންތެރިއާ، ކްރިސްޓިއަން އެރިކްސަން އަށް މެޑިކް ޓީމުން ސީޕީއާރްދެނީ.
ދަނޑުމައްޗަށް ވެއްޓިފައި އޮތް ޑެންމާކްގެ މިޑްފީލްޑަށް ކުޅޭ ކުޅުންތެރިއާ، ކްރިސްޓިއަން އެރިކްސަން އަށް މެޑިކް ޓީމުން ސީޕީއާރްދެނީ.
މެޑިކަލް އެމަރޖެންސީއަކާއި ގުޅިގެން ޔޫރޯ 2021 ގައި މިރޭ ފިންލޭންޑާއި ޑެންމާކު ކުޅެމުންދިޔަ މެޗު މެދު ކަނޑާލައިފިއެވެ.

އަދި މިކަންވަނީ ޔޫއެފާ ޔޫރޯގެ ރަސްމީ ޓްވިޓަރ އެކަައުންޓުންވެސް އިއުލާންކޮށްފައެވެ.



މިރޭގެ މެޗު މެދުކަނޑާލަން ޖެހުނީ ޑެންމާކްގެ މިޑްފީލްޑަށް ކުޅޭ ކުޅުންތެރިއާ، ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުމާ ގުޅިގެންނެވެ. އަދި މިމެޗު މެދުކަނޑާލައިފައިވަނީ މެޗުގެ ހާފްޓައިމާ ގާތްވެފައިވަނިކޮށެވެ.

ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓިފައިވަނީ ދަނޑުގެ ސައިޑްލައިނުން ހިނގާފައިދަނިކޮށެވެ. އޭނާ ދަނޑުން ބޭލުވުމުގެ ކުރިން މެޑިކް ޓީމުން އެރިކްސަންއަށް ސީޕީއާރް ދޭތަންވެސް ފެނިގެންގޮސްފައިވެއެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓުވަންދެން ދަނޑުމަތީގައި އޭނާއަށް ފަރުވާ ދިނެވެ. އަދި ދަނޑުމަތީގައި އެރިކްސަނަށް ފަރުވާ ދެމުންދިޔައިރު، ޑެންމާކްގެ ޓީމުން އޭނާ ވަށާލައިފައިވާތަންވެސް ފެނިގެންދިޔައެވެ.

މިހާރު ކުރިއަށްދާ ޔޫރޯ 2021 ގެ މެޗުތަކަކީ މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް މުބާރާތުގެ މެޗުތަކެވެ. މި މުބާރާތް ފަސްކުރީ ކޮވިޑުުގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން