ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކުރަށްވައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ތެރޭގައި މައްސަލަތަކެއް އުފެދި ޕާޓީގެ ލީޑަރޝިޕް ދެބަޔަކަށް ބެހިފައިވާ މި ދަނޑިވަޅުގައި ރައީސް ޞާލިޙާއެކު ބޭއްވި ބައްދަލު ވުމަކަށްފަހު މެންބަރު ވިސާމް މިއަދު ވިދާޅުވީ، ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި މިއީ ކޯވިޑްގެ މި ދަތި ޙާލަތުގައިވެސް އެމަނިކުފާނުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ފެނިގެންދާ ކަމެއް ކަމަށް ވިސާމް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރެއްވި ވިސާމް ވިދާޅުވީ، ރައީސާއެކު ބޭއްވެވި ބައްދަލުވުމުގައި ގަމު ދާއިރާގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުންނާއި، އެ ދާއިރާއަށް ރައީސް ވެވަޑައިގެންނެވި ވަޢުދުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ.
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކޮށް، ދެބައިވެފައިވާ އެމްޑީޕީގެ ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައީސް ޞާލިޙްގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ޖުމްލަކޮށް ރަނގަޅުކަމަށް ވިދާޅުވެފައެވެ.
ސަރުކާރަށް ކަމެއްނުވާކަމަށްބުނެ ބަޔަކު ދައްކާ ވާހަކައިގެ އަސްލެއް ނޭނގޭ ކަމަށް ވިދާޅުވެ، ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތަފްސީލް ރޮޒައިނާ ވަނީ ދެއްވާފައެވެ.
"ކޮވިޑްގެ މި ޙާލަތުގައިވެސް ޕްރޮޖެކްޓްތައް ހިންގަވާ. ވަޒީފާއިން ބަޔަކު ނުކަނޑާ. ކޮރަޕްޝަންގެ ޢަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ." ރޮޒައިނާ ވިދާޅުވެފައިވެއެވެ.
ކޮރަޕްޝަންގެ ޢަމަލުތަކަށް ރައީސް ޞާލިޙް ފިޔަވަޅު އަޅުއްވާކަމަށް ރޮޒައިނާ ވިދާޅުވެފައިވާއިރު، ހުޅުމާލޭގައި "ހެލްތު އެންޑް ވެލްނަސް ސެންޓަރު" ގެ ނަމުގައި ކްލިނިކެއް ހިންގުމަށް އިމާރާތެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރުމާ ގުޅިގެން ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ޑީމް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އަކަ ފޫޓަކަށް 35 ރުފިޔާ މަހު ކުލީގެ ގޮތުގައި ފަސް އަހަރަށް ދެއްކުމަށް ކޮށްފައިވާ ބިޑަށް ނުފޫޒު ފޯރުވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފަރާތުން ނާޖާއިޒު ފައިދާތަކެއް ހޯދުމަށް މަސައްކަތް ކުރަށްވާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރޮޒައިނާ ވަނީ އެކަން ދޮގު ކުރަށްވާފައެވެ.
ދާދިފަހުން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފްވެސް ވިދާޅުވެފައިވަނީ އެމްޑީޕީގެ މަސައްކަތް ބައިވެފައި ވަނީ ސަރުކާރުން ޢުމްރާނީ ތަރައްޤީގެ ވަޢުދުތައް ފުއްދަމުން ދިޔަ ނަމަވެސް ރައްޔިތުންނަށް ވެފައިވާ މަޢުނަވީ ވަޢުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވަމުން ދާތީ ކަމަށެވެ.

ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށް އެމަނިކުފާނު ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދުމަށް. ގަމު ދާއިރާއަށް ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. pic.twitter.com/Q5JD4B2Zjt
— Mohamed Wisam (@mohamedwisaam) June 13, 2021
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކޮށް، ދެބައިވެފައިވާ އެމްޑީޕީގެ ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައީސް ޞާލިޙްގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ޖުމްލަކޮށް ރަނގަޅުކަމަށް ވިދާޅުވެފައެވެ.
ސަރުކާރަށް ކަމެއްނުވާކަމަށްބުނެ ބަޔަކު ދައްކާ ވާހަކައިގެ އަސްލެއް ނޭނގޭ ކަމަށް ވިދާޅުވެ، ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތަފްސީލް ރޮޒައިނާ ވަނީ ދެއްވާފައެވެ.
"ކޮވިޑްގެ މި ޙާލަތުގައިވެސް ޕްރޮޖެކްޓްތައް ހިންގަވާ. ވަޒީފާއިން ބަޔަކު ނުކަނޑާ. ކޮރަޕްޝަންގެ ޢަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ." ރޮޒައިނާ ވިދާޅުވެފައިވެއެވެ.
ކޮރަޕްޝަންގެ ޢަމަލުތަކަށް ރައީސް ޞާލިޙް ފިޔަވަޅު އަޅުއްވާކަމަށް ރޮޒައިނާ ވިދާޅުވެފައިވާއިރު، ހުޅުމާލޭގައި "ހެލްތު އެންޑް ވެލްނަސް ސެންޓަރު" ގެ ނަމުގައި ކްލިނިކެއް ހިންގުމަށް އިމާރާތެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރުމާ ގުޅިގެން ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ޑީމް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އަކަ ފޫޓަކަށް 35 ރުފިޔާ މަހު ކުލީގެ ގޮތުގައި ފަސް އަހަރަށް ދެއްކުމަށް ކޮށްފައިވާ ބިޑަށް ނުފޫޒު ފޯރުވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފަރާތުން ނާޖާއިޒު ފައިދާތަކެއް ހޯދުމަށް މަސައްކަތް ކުރަށްވާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރޮޒައިނާ ވަނީ އެކަން ދޮގު ކުރަށްވާފައެވެ.
ދާދިފަހުން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފްވެސް ވިދާޅުވެފައިވަނީ އެމްޑީޕީގެ މަސައްކަތް ބައިވެފައި ވަނީ ސަރުކާރުން ޢުމްރާނީ ތަރައްޤީގެ ވަޢުދުތައް ފުއްދަމުން ދިޔަ ނަމަވެސް ރައްޔިތުންނަށް ވެފައިވާ މަޢުނަވީ ވަޢުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވަމުން ދާތީ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު