މިސްކިތްތަކުގައި ޤުރުއާން ކިޔަވަން އުނގަންނައިދިނުމުގެ ކްލާސްތަކެއް މިދަނޑިވަޅުގައި ފެށުން މުހިއްމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް މިސްކިތްތަކުގައި ނިދައި، އަދި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ބޮޑުވެފައިވާތީ، މިސްކިތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއަޅުއްވައި ކުރީގެ އިސްލާމިކް މިިނިސްޓަރު އަދި 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވަނީ މިސްކިތްތަކުގައި ނަމާދުކުރުމުގެ އިތުރުންވެސް ކުރެވިދާނެ ބައެއް ކަންތައްތައް ވިދާޅުވެދެއްވާފައެވެ.
އެގޮތުން މިސްކިތްތަކުގައި ނަމާދު ކުރުމުގެ އިތުރުން މިސްކިތްތަކުގައި ތަޖުވީދު މަގުން ޤުރުއާން ކިޔަވަން އުނގަންނައިދީ ހިތު ދަސްކުރުމުގެ ޙަލަޤާތައް (ކުލާސްތައް) ބޭއްވިދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މިގޮތަށް މިސްކިތްތައް ތަޢުމީރު ކުރެވިއްޖެ ނަމަ އެމިސްކިތެއްގެ ކައިރީގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"މި ފަދަ ކުލާސްތައް ޢަޞްރު ފަހުން ނުވަތަ ދެ ނަމާދު ދޭތެރޭ ބޭއްވިދާނެ. މިކަމުގައި މުދައްރިސުންނަށް ދޭ އެލަވަންސް ފީސަބީލި ﷲ ފަންޑުން ދެވިދާނެ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނިގެން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ޕްރޮގްރާމް ފަށާފައިވީ ނަމަވެސް ކޯވިޑް-19 އާ ގުޅިގެން މި ޕްރޮގްރާމް މިވަގުތުވަނީ މެދުކަނޑާލާފައެވެ.

މިސްކިތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ނަމާދު ކުރުމުގެ އިތުރުން މިސްކިތްތަކުގައި ތަޖުވީދު މަގުން ޤުރުއާން ކިޔަވަން އުނގަންނައިދީ ހިތު ދަސްކުރުމުގެ ޙަލަޤާތައް (ކުލާސް) ބޭއްވިދާނެ. މިކަމުގައި މުދައްރިސުންނަށް ދޭ އެލަވަންސް ފީސަބީލި ﷲ ފަންޑުން ދެވިދާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 13, 2021
ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނިގެން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ޕްރޮގްރާމް ފަށާފައިވީ ނަމަވެސް ކޯވިޑް-19 އާ ގުޅިގެން މި ޕްރޮގްރާމް މިވަގުތުވަނީ މެދުކަނޑާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު