މއ.މޯނިންވިއުގައި ހިނގި އަލިފާނުގެ ޙާދިސާ
މއ.މޯނިންވިއުގައި ހިނގި އަލިފާނުގެ ޙާދިސާ
މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ކެއިންބުއިން ހަމަޖެއްސުމަށް 141،000 ރުފިޔާ ދީފައިވާއިރު، ޒަރޫރީ އަންނައުނު ހޯދުމަށް ޖުމްލަ 46،000 ރުފިޔާގެ އެހީ ދީފައިވާ ކަމަށާއި، ޢާއިލާތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޖުމްލަ 705،093 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ހާދިސާގައި ގެއްލުންވި ދެ އާއިލާ، އާތަނަކަށް ބަދަލުވުމަށް ތިން މަހުގެ ކުއްޔަށްވާ 92،300 ރުފިޔާވެސް ވަނީ ދީފައެވެ. އަދި އިތުރު ދެ އާއިލާއަކަށް، ގެދޮރު މަރާމާތު ކުރަމުންދާ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖައްސަން 140،000 ރުފިޔާ ވަނީ ދީފަ އެވެ.

އަލިފާނުގެ ހާދިސާގައި ޖުމްލަ 34 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާއިރު މިވަގުތުވެސް 14 ފަރާތެއް ވަގުތީ ހިޔާގައި އެބަތިބި ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އޭގެއިތުރުން ގެ މަރާމާތު ކުރާ މުއްދަތުގައި ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށާއި، އެގޮތުން ލިބުނު ގެއްލުމުން އަރައިގަތުމަށް ޖުމްލަ 1279393 ރުފިޔާ ހަރަދުވާނެ ކަމަށް އެންޑީއެމްއޭގެ އެސެސްމަންޓް ރިޕޯޓްގައި ވެއެވެ.



އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އެގެވަނީ އަނދައިފައެވެ. އެ ތަނުގައި ދިރިއުޅެމުން ދިޔަ އާއިލާތައް މިހާރު ތިބީ ސަރުކާރުން ހަމަޖައްސާފައިވާ ތަންތަނުގައެވެ. އަލިފާން ރޯވި އިރު އިމާރާތުގައި 60 މީހަކު ދިރިއުޅެމުން ދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން