ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ބޮޑުވަޒީރުކަމުގެ ކުރި ހޯއްދެވި ނަފްޓާލީ ބެނެޓްވެސް ފަލަސްތީނުގެ ބިންތައް އަތުލުމަށް މަސައްކުރާނެކަމަށް ބެނެޓްގެ ކޯލިޝަން ސަރުކާރުން ހާމަކޮށްފިއެވެ.

12 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ބެންޖަމިން ނަތަންޔާހޫއަށް އިޒްރާއީލުގެ ބޮޑު ވަޒީރުކަން ގެއްލި، ނަފްޓާލީ ބެނެޓް، އިޒްރާއީލުގެ ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންފިކަމަށް އިޒްްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އިއުލާންކޮށްފައެވެ. އިޒްްރާއީލުގެ މަޖިލީހުގެ ވޯޓުގައި، ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ނަފްޓާލީ ބެނެޓް ކުރިހޯދާފައިވަނީ ކޯލިޝަން ޕާޓްނާޝިޕެއްގެ އެހީތެރިކަމާއެކުއެވެ. މިކޯލިޝަން އެއްބަސްވުމުގައި ވާގޮތުންނަމަ، ބެނެޓް އިޒްރާއީލުގެ ބޮޑު ވަޒީރުކަމުގައި ހުންނަވާނީ 2023 ވަނަ އަހަރާއި ހަމައަށެވެ. ވެރިކަމުގެ ބާކީ ދެއަހަރު، އިޒްރާއީލުގެ ބޮޑު ވަޒީރުކަމުގައި ހުންނަވާނީ ޔައިރް ލަޕިޑް އެވެ.

ބެނެޓްގެ ވެރިކަމުގައިވެސް ފަލަސްތީނުގެ ބިންތައް އަތުލަން މަސައްކަތްކުރުމަށް ބޮޑުވަޒީރުގެ ކޯލިޝަން ސަރުކާރުން މަސައްކަތްކުރާނެކަމަަށް، އިޒްރާއީލުގެ ރައީސްގެ އިސްތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ހާއްސަގޮތެއްގައި ޖެރޫސަލަމްގެ ބޯޑަރު ސަރަހައްދުގެ ފަލަސްތީނުގެ ބިންތައް އަތުލަން މަސައްކަތް ކުރާނެކަމަށްވެއެވެ.

ބެންޖަމިން ނަތަންޔާހޫއަށް އިޒްރާއީލުގެ ބޮޑު ވަޒީރުކަން ގެއްލިގެން ދިޔައިރު، ނަތަންޔާހޫ އަކީ އެންމެ ގިނަ އަހަރު އިޒްރޭލުގެ ވެރިކަން ކުރެއްވި ވެރިޔާއެވެ. އަދި މިހާރުގެ ބޮޑުވަޒީރު ބެނެޓަކީ ނަތަންޔާހޫގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުވެސްމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން