މާލޭގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާ
މާލޭގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާ
މާލޭ ދެކުނު ފަރާތު ފަޅުތެެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ބިދޭސީއަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ހިނގި މި ހާދިސާގައި ފިހުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގެ ދެކުނު ފަރާތު ހާބަރު މޭރީ ބްރައުން ކުރިމަތިންކަމަށާއި، ހާދިސާގެ ރިޕޯޓް ލިބުނީ ހެނދުނު 6:13 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ 6:45 އެހާކަންހާއިރުއެވެ.



މި ހާދިސާގައި އެ ސަރަހައްދުގައި އޮތް 6 ލޯންޗަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން