ލޯންޗެއްގައި އަލިފާން ރޯވި ޙާދިސާއެއް
ލޯންޗެއްގައި އަލިފާން ރޯވި ޙާދިސާއެއް
ވ. ފުލިދޫގައި ލޯންޗެއް ގޮވައި އަނިޔާވި ކައްޕި އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިއަދު ހެނދުނު 8:30 ހާއިރު ހިނގި މިޙާދިސާގައި އަނިޔާ ލިބުނު ކައްޕިގެ މައިބަދައަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ޙާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ކައްޕި މިހާރުވަނީ މާލެ ގެނެސްފައެވެ.

115 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ 20 ފޫޓުގެ އެ ލޯންޗުގެ އިންޖީނު ގޮވާފައިވަނީ ހަތަރު ފަތުރުވެރިންނާއި ބިދޭސީ ގައިޑާއެކު އެކްސްކާޝަނަކަށް ދިއުމަށް ޖެޓީން ނައްޓާލި ވަގުތުގައެވެ. މި ޙާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އަނިޔާ ވެފައެއް ނުވެއެވެ.

އެ ހާދިސާއަށް ފަހު ލޯންޗް ވަނީ އެރަށު ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ. ފުލުހުން މިހާރުދަނީ އެ ޙާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން