ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން އެޗްއީއޯސީއަށް ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު އެޗްއީއޯސީއަށް ބައެއް ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ މުވައްޒަފުން އެޗްއޯއީސީއަށް ތަކެތި ހަދިޔާ ކުރީ ކޮވިޑާ ގުޅިގެން އެޗްއީއޯސީގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އެޗްއީއޯސީ އަށް ހަދިޔާ ކުރި ތަކެތީގެ ތަފްސީލް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. މި ތަކެތި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން އެޗްއޯއީސީއާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

މިކުންފުނީގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު މިއަދު ވަނީ އެޗްއީއޯސީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފައި. އެފަރާތްތަކުން ވަމުންގެންދާ ގުރުބާނީތައް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކު. ޝުކުރިއްޔާ pic.twitter.com/LArNG1xePC
— STELCO (@STELCOMALDIVES) June 22, 2021
ސްޓެލްކޯއިން އެޗްއީއޯސީ އަށް ހަދިޔާ ކުރި ތަކެތީގެ ތަފްސީލް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. މި ތަކެތި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން އެޗްއޯއީސީއާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.
ކިޔުންތެރިންގެ ހިޔާލު