ކޮންމެ އަންހެނަކަށްވެސް އެއްފަހަރާ ހަތަރު ފިރިހެނުންނާ އިނުން ހުއްދަ ކުރާ ގަވާއިދެއް ދެކުނު އެފްރިކާގެ ސަރުކާރުން ހުށައަޅައިފިއެވެ.

މިފަދަ ގަވާއިދެއް ހުށައެޅުމުން، ދެކުނު އެފްރިކާގެ ގިނަ ބަޔަކު މިކަމާ ދެކޮޅު ހަދަމުން ދާއިރު، މިފަދަ ބަދަލަކަށް އެފްރިކާއިން ދުވަހަކުވެސް ތައްޔާރު ނުވާނޭކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. މިގޮތުން މިކަމާ ބެހޭގޮތުން ދެކުނު އެފްރިކާއަށް ނިސްބަތްވާ ޕްރޮފެސަރ ކޮލިސް މަޗޮކޯ ވިދާޅުވެފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަން ލިބުމަށް އެފްރިކާ ބައްރު ތައްޔާރު ނުވާ ކަމަށާއި، ހާއްސަ ގޮތެއްގައި ފިރިހެނުންގެ އަތްދަށުން ކޮންޓްރޯލް ނުވާ އަންހެނުން ގޮވައިގެން ދިރިއުޅެންވެސް އެފްރިކާ ތައްޔާރު ނުވާ ކަމަށެވެ.

މިގަވާއިދާ ދެކޮޅު ގިނަބަޔަކު ފާހަގަކުރާގޮތުންނަމަ، މިހާރުވެސް ދެކުނު އެފްރިކާގެ ގާނޫނުލް އުގޫބާތުގައި އެމީހަކު ބޭނުން މީހަކާ އެކު އުޅުމުގެ މިނިވަންކަން އޮތްއިރު މިފަދަ ހަރުކަށި ގަވާއިދަކުން ހަމަނުޖެހުންތައް އިތުރުވެ އެފްރިކާގައި ފިރިހެނުންގެ ބާރުވެރިކަން ކެނޑިގެންދާނެއެވެ.

ދެކުނު އެފްރިކާގެ ގާނޫނުގައި ބުނާ ގޮތުންނަމަ، އެމީހަކު ބޭނުން ޖިންސެއްގެ މީހަކާ ކައިވެނި ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންދެއެވެ. އަދި ކޮންމެ ފިރިހެނަކަށް ހަތަރު އަނބިން ގެންގުޅުމުގެ މިނިވަންކަންވެސް ލިބިދީފައި ވެއެވެ.

ގާނޫނަކުން ހުއްދަ ނުކުރިނަމަވެސް، އަންހެނުން އެކަކަށް ވުރެ ގިނަ ފިރިހެނުންނާ އިނދެގެން އުޅުމަކީ މަދުންނަމަވެސް ދެކުނު އެފްރިކާގައި ފެންނަކަމެކެވެ. އަދި މިފަދަ ކައިވެނި ތަކަކީ ގާނޫނީ ގޮތުން މާބޮޑު ބާރެއް ނުވަތަ ގަބޫލު ކުރުމެއްވެސް ލިބިފައިނުވާ ކައިވެނި ތަކަކަށް ވުމުން، އަންހެނުން އެކަކަށް ވުރެ ގިނަ ފިރިހެނުންނާ އިނދެގެން އުޅުމަކީ ސިއްރުކުރެވިފައިވާ ކައިވެނިތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު


10

އަޖާއިބުޑް

21-Jul-2021

ދީނުގެ ވާހަކަ ބާއްވާފައި ކޮމަން ސެންސް ބޭނުން ކުރިޔަސް މިއީ ހަމަ ނުޖެހޭ ކަމެއްކަން އެގޭނެ. މިސާލަކަށް ފިރިހެނަކު 4 އަންހެނުންނާއި އިނދެގެން އެތަނުން ކޮންމެ މީހަކަށް ދަރިން ލިބުނަސް އެކުއްޖާގެ ބައްޕަ ކަށަވަރު ވާނެ. އެކަމަކު އަންހެނަކު 4 ފިރިހެނުންނާއި އިނދެގެން ބަނޑު ބޮޑުވީމަ ބައްޕަ ކަށަވަރެއް ނުވާނެ. ބައްޕަގެ ޒިންމާ ނަގަންވީ ކާކު ކަމެއް ނޭގޭނެ. އިސްލާމް ދީނުގައި ކަންކަން އުސޫލުވެ ތަރުތީބުވެފައި ހުރީ އެކަންކަމުގެ ވަށައިގެން ނުހަނު ގިނަ ހިކުމަތްތަކެއް ވާތީ.


7

ސަންބޯލް

09-Jul-2021

ގޮތްކުޑަ ހަޔާތްކުޑަ އިންސާނިއްޔަތަށްވެސް ލޯބިނުކުރާ މީހަކުލިޔެފައޮތް ލިއުމެއް


8

ރާއްޖެތެރޭމީހާ

30-Jun-2021

އެއްވެސް ތާކުންތާކު ނުޖެހޭ ނޫސްތަށް ހުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް މިފަދަނޫސްތަކާދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަން


-2

ޭވހލ

30-Jun-2021

އިސްލާމް ދީނާއި ނުގުޅޭ ޙަބަރުތައް ޖެހުމުގެ ބޭނުމަކީ ކޮބާ


6

މުހަންމާ

30-Jun-2021

ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތީމަ މިކަހަލަ ލިޔުން ޢާންމުކުރާނީ. ކަލޭ ދިވެހިބަހުން މި ޢާންމު ނުކުރިޔަސް ތިކަން އެނގޭނެ މި ދުނިޔެއަށް.


13

ޒޯރޯ

28-Jun-2021

އިސްލާމް ދީނާއި ބީރައްޓެހި ހަބަރު ލިޔާ މީހާގެ ނުބައި ކަމާއެވެ.


1

Mohamed

28-Jun-2021

މާޝާ، މި ޚަބރު ގެނެސްދިނުމުގެ ބޭނުމަކީ ކޮބާ؟ ދީނާ ނުގުޅޭ މިފަދަ ދަށު ދަރަޖައިގެ ވާހަކަތަކަކީ، މީސްތަކުންގެތެރޭގައި ޢާއްމުކުރަންޖެހޭ ވާހާކާތަކެއްނޫން! ކުރިއަށް އޮތްތާނގައި މިފަދަ ދަށުދަރަޖައިގެ ވާހަކަތައް ދިވެހިންނާ ނުގުޅޭ ޚަބަރުތައް ނުގެނެސްދޭނެކަމަށް އުއްމީދުކުރަން!


1

Mohamed

28-Jun-2021

މާޝާ، މި ޚަބރު ގެނެސްދިނުމުގެ ބޭނުމަކީ ކޮބާ؟ ދީނާ ނުގުޅޭ މިފަދަ ދަށު ދަރަޖައިގެ ވާހަކަތަކަކީ، މީސްތަކުންގެތެރޭގައި ޢާއްމުކުރަންޖެހޭ ވާހާކާތަކެއްނޫން! ކުރިއަށް އޮތްތާނގައި މިފަދަ ދަށުދަރަޖައިގެ ވާހަކަތައް ދިވެހިންނާ ނުގުޅޭ ޚަބަރުތައް ނުގެނެސްދޭނެކަމަށް އުއްމީދުކުރަން!


13

Mohamed

28-Jun-2021

މާޝާ، މި ޚަބރު ގެނެސްދިނުމުގެ ބޭނުމަކީ ކޮބާ؟ ދީނާ ނުގުޅޭ މިފަދަ ދަށު ދަރަޖައިގެ ވާހަކަތަކަކީ، މީސްތަކުންގެތެރޭގައި ޢާއްމުކުރަންޖެހޭ ވާހާކާތަކެއްނޫން! ކުރިއަށް އޮތްތާނގައި މިފަދަ ދަށުދަރަޖައިގެ ވާހަކަތައް ދިވެހިންނާ ނުގުޅޭ ޚަބަރުތައް ނުގެނެސްދޭނެކަމަށް އުއްމީދުކުރަން!


1

އަލީ

28-Jun-2021

މި މުޖުތަމަޢު އާއި ނުގުޅޭ ހަބަރެއް. ވ. ދެރަކަމެއް މީ މިކަހަލަ ޚަބަރު މުޖުތަމަޢުއަށް ދޫކޮއްލުމީ. ބަޔަކު ތާކު ކަމެއް ކުރިޔަސް ދިވެހީން އެކަމާ ވިސްނާކަށް ނުޖެހޭ. އެހެނަސް އެއީ ރަނގަޅު ކަމެއް ނަމަ އެކަމުގަ ހިފަންވީ. ސުވާލަކީ މި ޚަބަރު މި މުޖުތަމަޢު ބޭނުން ތެރިތޯ? މިކަހަލަ ވިޔާނުދާ ޚަބަރުން ކުރާ ނޭދެވޭ އަސަރު މާ ބޮޑުވާނެ. މި ކަހަލަ ކަންކަމުން ދުރުވުމީ ކަމަނާއަށް އަދި އެންމެންއަށް ހުރި މޮޅު އިތުރެއް ކަމަށް ނޫނީ ނުވާނެކަން ޔަޤީން.


4

ހަތަރުފިރިން

28-Jun-2021

މާޝާ މިދުހަތު ހަތަރު ފިރިންނާއިންނަން ބޭނުންވީތޯ؟ނޫންނަމަ އިސްލާމީ މުޖުތަމަޢަކަށް ތިފަދަ ޚަބަރެއް ފެތުރުމުގެ ބޭނުމަކީ ކޮބާ؟


1

ސަޢީދު

28-Jun-2021

އެހެންވީއިރު ތިޔަގަވާއިދުފާސްކުރުމުގެކުރީގައި ކަލޭގެއަންހެނުންނަ4ފިރިންހޯދާކައިވެނިކޮށްދީބަލަ



ޓްރެންޑިން