ޖަރުމަނު ވިލާތުގައި އެސްޓްރަރޒެނެކާ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހި މީހުން އެހެން ބްރޭންޑެއްގެ ކޮވިޑް ވެކްސިނުން ދެވަނަ ޑޯޒު ޖެހުމަށް އިލްތިމާސްކޮށްފިއެވެ.

މިފަދަ އިލްތިމާސެއްކޮށްފައި މިވަނީ، ގިނަބަޔަކަށް އަވަހަށް ވެކްސިން ދިނުމާއި، ވެކްސިނުން ލިބިދޭ ރައްކާތެރިކަން އިތުރު ކުރުމަށްކަމަށް ޖަރުމަނު ސަރުކާރުން ހާމަކޮށްފައިވެއެވެ. މިގޮތުން ޖަރުމަނުގެ ކޮވިޑް ވެކްސިނާ ބެހޭ ހާއްސަ ކޮމިޓީ އަކުން މިހާރު ވަނީ އެގައުމުގެ އެކި ސްޓޭޓްތަކަށް މިކަން އާންމުކޮށް އަންގާފައެވެ.

ޖަރުމަނުގެ ކޮވިޑް ވެކްސިނާ ބެހޭ ހާއްސަ ކޮމިޓީއިން ހާމަކޮށްފައިވާގޮތުގައި، މިފަދަ ނިންމުމެއް ނިންމާފައިވަނީ ފަހުގެ ތަހުލީލުތަކަށް ރިއާޔަތްކޮށެވެ. މިގޮތުން އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒު ޖެހުމަށް ފައިޒަރ ވެކްސިން ފަދަ އެމްއާރްއެންއޭ ވެކްސިނެއް ބޭނުން ކުރުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ކޮށްދޭ ކަމަށް ފަހުގެ ދިރާސާތަކުން ދައްކާކަމަށް ޖަރުމަނުގެ ކޮވިޑް ވެކްސިނާ ބެހޭ ހާއްސަ ކޮމިޓީން ބުނެފައިވެއެވެ.



ޖަރމަނު ވިލާތުގައި ނޫނަސް، ދެބްރޭންޑެއްގެ ކޮވިޑް ވެކްސިންޖެހުމަށް މަޝްވަރާތައް ކުރަމުންދާ ގައުމުތައް މިފަހަކުން ވަރަށް ގިނައެވެ. އަދި ކޮވިޑް ވެކްސިނުގެ ދެޑޯޒު ދެބްރޭންޑަކުން ދިނުމުން ދިފާއީނިޒާމަށް ލިބޭ ފައިދާ ބޮޑުކަމަށް އޮކްސްފޯޑު ޔުނިވަރސިޓީއިން ކުރި ދިރާސާ އަކުންވެސް ދައްކައިފައިވެއެވެ.

އޮކްސްފޯޑު ޔުނިވަރސިޓީއިން ކުރި މިދިރާސާގައި، އެކްސްޓްރާޒެނެކާ ކޮވިޑް ވެކްސިނުގެ އެއްޑޯޒަށްފަހު ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނުން ދެވަނަ ޑޯޒު ފުރިހަމަ ކުރުމުން، އެކްސްޓްރާޒެނެކާ ކޮވިޑް ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރުމާ އަޅާކިޔާއިރު، ކޮވިޑް ބަލިން ރައްކާތެރިކޮށްދިނުމަށް ދިފާއީނިޒާމު ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާކަމަށް ހާމަވެފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން