އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން.
ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް އިނގިރޭސިވިލާތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައިފިއެވެ.

އިނގިރޭސިވިލާތުގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނީ އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑް ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އިނގިރޭސިވިލާތުގައިވެސް ކޮވިޑް ކޭސްތައް އިތުރުވުމާއިއެކުއެވެ.

އިނގިރޭސިވިލާތުގަަި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިިދިނުމަށް ނިންމާފައިވަނީ މިހިނގާ ޖުލައިމަހުގެ 19 ވަނަ ދުވަހު ކަމަށްވެސް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައިވެއެވެ.

"އަހަރުމެން ބޭނުންވަނީ ހަރުކަށި ގަވާއިދުތައް އުވާލައި، ކޮވިޑް މެނޭޖު ކުރުމުގައި އާންމުން ގޮތް ނިންމަން ދޫކޮށްލުން." އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ.

މިލުއިތަކާއެކު އޮފީސްތަކަށް މަސައްކަތަަށް ނުކުމެވޭނެކަމާއި، ރަސްމީ ބައްދަލުވުންތައް ބޭއްވުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށް ބޮރިސް ވިދާޅުވެފައިވެއެވެ. އަދި ނައިޓް ކްލަބްތައް އަލުން ހުޅުވައި، އަދި އެތަންތަނަށް ވަދެވޭ މީހުންގެ އަދަދު ހަރުކަށި ކުރުން ހުއްޓާލައި، ގައިދުރުކަން ބެހެއްޓުމަށް ގޮވާލާ ގަވާއިދު އުވާލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވަނީ ނިންމަވާފައެވެ.

ނަމަވެސް އަދިވެސް މާސްކު އެޅުން މަޖުބޫރުވާނެކަމަށް ބޮރިސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ލުއި ދިންނަމަވެސް އެންމެންވެސް ބަލިން ރައްކާތެރިވެ ބައްޔާމެދު ސަމާލުވެ ތިބުމަށް އިނގިރޭސި ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އަދި މިއީ އުފާ ފާޅުކުރަން ޖެހޭ ވަގުތެއް ކަމަށް ނުވިސްނުމަށާއި، ކޮވިޑް ބަލިމަޑުކަން ނިމުމަކާ ގާތްވެސް ނުވާކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.



އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މިނިންމުންތަކާ މެދު އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަގޮތެއްގައި ކޮވިޑް ކޭސްތައް ގިނަވަމުންދާ ދުވަސްވަރެއްގައި، ހުރިހާ ހަރުކަށި ފިޔަވަޅުތަކެއް ދޫކޮށްލުމަކީ ގޯސްވިސްނުމެއްކަމަށް ގިނަބަޔަކު ސިފަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން